Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އިދިކޮޅުން ދުވަހަކުވެސް ފުލުހުންނާއި ސިފައިންނަކާ ކުރިމައްޗެއް ނުލާނެ: އަދުރޭ

އިދިކޮޅުން ދުވަހަކުވެސް ފުލުހުންނާއި ސިފައިންނަކާ ކުރިމައްޗެއް ނުލާނެ: އަދުރޭ

އިދިކޮޅު ޕީޕީއެމް/ޕީއެންސީން ދުވަހަކުވެސް ދިވެހި ފުލުހުންނާއި ސިފައިންނަކާ ކުރިމައްޗެއް ނުލާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރޭގެ މުޒާހަރާގެ ތެރެއިން ދެ ފުލުހެއްގެ ގަޔަށް ހައްޕުނޑު ޖެހީ އެމީހުން ފުލުހުންގެ ވާޖިބު އަދާކުރަމުންދަނިކޮށް ކަމަށެވެ. އަދި އެހާ ބޮޑަށް ކޮވިޑް ފެތުރެމުންދާ މިދަނޑިވަޅުގައި އެކަން ކުރުމަކީ ވަރަށް ނާތަހުޒީބީ އަމަލެއް ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.

އެކަމަށް ރައްދު ދެއްވައި އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިދިކޮޅުން ދުވަހަކުވެސް ފުލުހުންނާއި ސިފައިންނާ ކުރިމައްޗެއް ނުލާނެ ކަމަށާއި އެއީ އެބޭފުޅުންގެ އިހުތިރާމާއި ލޯތްބާ ގަދަރު ލިބިގެންވާ ދެ މުވައްސަސާ ކަމަށެވެ.

Advertisement
Allied — Dhen Online (box)

"ދިވެހި ސިފައިންނާ ފުލުހުންނަށްޓަކައި އަޅުގަނޑުމެން އަބަދުވެސް ފަހުރުވެރިވަން." އަދުރޭ ވިދާޅުވިއެވެ.

މުޒާހަރާގެ ތެރެއިން ދެ ފުުލުހެއްގެ ގަޔަށް ކުޅާއެކު ހައްޕުނޑު ޖަހާފައިވާ ކަމަށާ އެކަން ކުރި މީހާ ހޯދާ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމް، ޕީއެންސީ އަކީ އެފަދަ ކަމެއް ކުރާނެ ބައެއް ނޫން ކަމަށާއި އެ ދެ ޕާޓީން އެފަދަ ކަމަކަށް ހިތްވަރުވެސް ނުދޭނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް