ޚަބަރު

މާލެ ގެނައި ދެ މީހަކު ފައްސިވެ، ވޭމަންޑޫއަށް އަރައި ފޭބުން މަނާކޮށްފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ތ. ވޭމަންޑޫން މާލެ ގެނެވުނު ދެ މީހަކު ކޮވިޑް-19 އަށް ފައްސިވުމުން ވޭމަންޑޫއަށް އަރައި ފޭބުން މަނާ ކޮށްފިއެވެ.

Ads by Sosun Fihaara

ވޭމަންޑޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ފަތުހީ ވިދާޅުވީ އެރަށުން ފައްސިވެފައި ވަނީ ރޭ އެރަށުން މާލެއަށް ފޮނުވި ދެ މީހުން ކަމަށެވެ.

ފައްސިވެފައި ވަނީ އުމުރުން 65 އަހަރުން މަތީގެ އަންހެނަކާ ޒުވާން ފިރިހެނެކެވެ.

އެ ޒުވާނާ މާލެ ފޮނުވާލައިފައި ވަނީ ތިމަރަފުށީ އެއާޕޯޓުން ވައިގެ މަގުންނެވެ. އަދި އުމުރުން ދުވަސްވީ މީހާ ފޮނުވާލާފައި ވަނީ ސްޕީޑް ލޯންޗެއްގައެވެ.

މި ދެމީހުން ވެސް މާލެ ފޮނުވާލައިފައި ވަނީ ވޭމަންޑޫ ހޮސްޕިޓަލުން ކަމަށް ފަތުހީ ވިދާޅުވިއެވެ.

ފަތުހީ އިތުރަށް ވިދާޅުވީ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސް، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އެއް ހަމައެއްގައި ހިފެހެއްޓިފައިވާއިރު، އަތޮޅު ތެރެއިން ފައްސިވާ މީހުންގެ އަދަދު އަންނަނީ ބޮޑުތަނުން އިތުރު ވަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!