އިންޑިއާ އިން ރާއްޖެއަށް 85 މިލިއަން ރުފިޔާ ދީފި
![](https://dhen.mv/wp-content/uploads/2020/08/0wQ2ir14OWqgarC-850x548.jpg)
އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ކުރިއަށްގެންދާ މަސައްކަތްތަކަށް ބޭނުންވާ ފައިސާ މިއަދު ހަވާލުކޮށްފި އެވެ.
85 މިލިއަން ރުފިޔާގެ އެހީ ހަވާލުކޮށްދެއްވާފައިވަނީ މިއަދު ހަވީރު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުއެވެ.
ރާއްޖޭގެ ފަރާތުން މި އެހީ އާ ހަވާލުވެވަޑައިގަތީ މިނިސްޓަރު އަބްދުﷲ ޝާހިދުއެވެ،
މިފައިސާ އަކީ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދާ 9 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ފައިސާ އެވެ. މި ނުވަ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުމުގައި މިހާރު ވަނީ ސޮއި ކުރެވިފައެވެ.
މި 9 ޕްރޮޖެކްޓަކީ އައްޑޫ ސިޓީ ހިތަދޫއާއި މަރަދޫ އަދި ހުޅުމީދޫގައި ގޭދޮށު މަސް ފެކްޓްރީ ގާއިމު ކުރުމުގެ މަޝްރޫއާއި އައްޑޫ ސިޓީ ހިތަދޫއާއި މަރަދޫއާއި ފޭދޫއާއި ހުޅުދޫ އަދި މީދޫގައި ފަތުރުވެރިކަމުގެ ޒޯންތައް ތަރައްގީ ކުރުމުގެ އިތުރުން ހއ ހޯރަފުށީގައި ބޯފެން ބަންދުކުރާ ޕްލާންޓެއް ގާއިމްކުރުމުގެ ޕްރޮޖެކްޓެވެ.