ކުޅިވަރު

ޒާންސް މެމޯރިއަލް ކަޕް: އެކުވެރިޔާގެ ހަނދާންތައް އައު ކުރުމަށް ފޯރިގަދަ މުބާރާތެއް!

ދެން އެމްވީ ، ދެން އޮންލައިން

ފާއިތުވެދިޔަ 2019 ވަނަ އަހަރު މި ފަނާވަނިވި ދުނިޔެއާއި އަލްވަދާއު ކިޔާފައި ހުސައިން ޒާން މަސްދޫޤް ގެ ހަނދާނުގައި އޭނާގެ އެކުވެރިން މެމޯރިއަލް ކަޕްއެއްބާއްވަން ނިންމައިފިއެވެ.

Ads by Sosun Fihaara

ޖުމުލަ 20 ޓީމު މި މުބާރާތުގައި ބައިވެރިވެފައިވާއިރު މި މުބާރާތް ކުރިއަށް ދާނީ އަޟްހާ އީދު ދުވަހުއެވެ. ޗެމްޕިއަން ޓީމަށް ދެހާސް ރުފިޔާގެ ފައިސާގެ އިނާމުއަދި ރަނަރއަޕް ޓީމަކަށް އެއްހާސް ރުފިޔާގެ ފައިސާގެ އިނާމު ވަނީ ދޭން ނިންމާފައެވެ.

މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިން ހޮވުމަށް ނިންމާފައިވާއިރު އެންމެ ގިނަ ގޯލްޖަހާ ކުޅުންތެރިއެެއްވެސް ވަނީ ހޮވުމަށް ނިންމާފައެވެ މި މުބާރާތްކުރިއަށްދާނީ 4 ގުރޫޕަކަށް ބަހާލައިގެންނެވެ.

މުބާރާތް އިންތިޒާމު ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ޒާންގެ ގާތް ރަހުމަތްތެރިއެއް ކަމަށްވާ އިލްހާން ބުނީ މި މުބާރާތަކީ ޒާންގެ ހަނދާންތައް އައުކުރުމުގެ މަގުސަދުގައި ބާއްވާ މުބާރާތެއް ކަމަށެވެ. އެ އެކުވެރިންނާ ޒާން ވަކިވެފައި ވީ ނަމަވެސް އަދިވެސް ޒާންގެ ހަނދާންތައް އަބަދުމެ އާވެ ހުންނަ ކަމުގައިއޭނާ ބުންޏެވެ.

މިމުބާރާތް ބޭއްވުމުގައި އެންމެ ބޮޑު އެއްބާރުލުމެއް ލިބެނީ ޒާންގެ މައިންބަފައިންނާ އާއިލާގެ ފަރާތުން ކަމަށާއި އަދި ހަމައެެހެންމެ ހުރިހާ އެކުވެރިންގެއެއްބާރުލުންވެސް ލިބޭ ކަމަށް އިލްހާން ފާހަގަ ކުރިއެވެ. މިފަދަ ބޮޑު ތަރުހީބެއް މި މުބާރާތަށް ލިބޭނޭ ކަމަށް އުއްމީދު ނުކުރާ ކަމަށާއި ނަމަވެސް މިހާބޮޑުތަރުހީބެއް ލިބުމުން ވަރަށް އުފާވާކަމަށް އޭނާ ބުންޏެވެ.

މި މުބާރާތް ބޭއްވުމުގައި ގިނަބައެއްގެ އެހީތެރިކަން ލިބިފައިވާ ކަމަށާއި އެގޮތުން ޕްރިންޓްލައިން، ފޯއައި ފެޝަން އަދި އަލް ކޮމްޕެނީ ފާހަގަކޮށްލަން ބޭނުންވާކަމަށް އިލްހާން ބުންޏެވެ.

މި މުބާރާތް ކާމިޔާބު ކަމާއެކު ނިންމާލެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށާއި ހުރިހާ ޓީމެއްގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެންނާނެ ކަމަށް އުއްމީދު ކުރާކަމަށް އޭނާ ބުންޏެވެ.

ޒާން ދުނިޔެ ދޫކުރިތާ އެއް އަހަރު މި މަހު 27 އަށް ވެފައި ވާއިރު ޒާންގެ އެކުވެރިން އަދިވެސް އޭނާގެ ހަނދާންތައް އައު ކުރާކަން ފާހަގަ ކުރެވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!