Saturday, 31 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވުމަށް ފުރުސަތު ނުދެއްވާ: ނައިބު ރައީސް

ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވުމަށް ފުރުސަތު ނުދެއްވާ: ނައިބު ރައީސް

ރާއްޖޭގައި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވެ ނުދިނުމަށް ނައިބު ރައީސް ފައިސަލް ނަސީމް އިލްތިމާސް ކުރައްވައިފިއެވެ.

އެމަނިކުފާނު މިރޭ ކުރެއްވި ޓުވީޓއްގައި ވިދާޅުވެފައިވަނީ ޖަމާއަތުގައި ނަމާދު ނުކުރެވި، ސުކޫލުތައް ބަންދުވެ، ވިޔަފާރިތައް ހުއްޓި އެންމެން ގޭގައިބަންދުވުމުގެ ގެއްލުން އެންމެންވެސް ވަނީ ތަހައްމަލް ކޮށްފައި ކަމަށެވެ.

އެހެންކަމުން ކޮވިޑު-19 ރާއްޖޭަގައި އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި އަދި ބަލީގެ ޙާލަތު ގޯސް ވުމަށް ފުރުސަތު ނުދިނުމަށް އެންމެން އެކީ މަސައްކަތްކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

Advertisement
Allied — Dhen Online (box)

ފުރަބަންދުގެ ޙާލަތު ބޮޑު ލުޔެއް ސަރުކާރުން ދީފައި ވާއިރު އަނެއްކާވެސް ކޮވިޑު-19 އަށް މީހުން ފައްސިވާ އަދަދު އިތުރުވާން ފަށައިފައިވާ ކަން ފާހަގަކުރެވެއެވެ. އެގޮތުން ދިވެހިރާއްޖޭގައި އިއްޔެ ވަނީ ރިކޯޑު އަދަދަކަށް މީހުން ފައްސި ވެފައެވެ. އެގޮތުން ޖުމްލަ 137 ކޭސް ފެނިފައި ވާއިރު އޭގެ ތެރެއިން 92 މެެހުންނަކީ ދިވެހިންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް