މުނިފޫހިފިލުވުން

ޝުޝާންތު ވަނީ ބުލެކްމެއިލްކޮށްފައި، އޭނާގެ އެކައުންޓުން އެތައް މިލިއަން ރުޕީސްއެއް ރިއާ ޓްރާންސްފަރކުރި:ސްޝާންތުގެ ބައްޕަ

ދެން އެމްވީ ، ދެން އޮންލައިން

ބޮލީވުޑްގެ މަޝްހޫރު ބަތަލު ސުޝާންތު ސިންގު ރާޖުޕޫތު ދަންޖެހި އަމިއްލައަށް މަރުވުމުގައި އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީގެ އަތެއް ވާކަމަށް ، ސްޝާންތުގެ ބައްޕަ ޕޮލިހަށް ހުށަހެޅި މައްސަލައިގައި އަނެއްކާ ވެސް އާވާހަކަތަކެއް ފެންމަތި ވެއްޖެއެވެ.

Ads by STELCO

ސްޝާންތުގެ ބައްޕަ ކޭކޭ ސިންގު ، ޕަޓްނާ ޕޮލިހަށް ހުށަހެޅި މި މައްސަލައިގައި އޭނާ ބުނެފައިވަނީ ރިއާ ވަނީ ސްޝާންތު ބްލެކް މެއިލްކޮށްފައި ކަމަށާއި ، އޭނާގެ ބޭންކް އެކައުންޓްތަކާއި ކްރެޑިޓްކާޑުތަކެއް ވެސް ބަލަހައްޓަމުން ދިޔައީ ރިއާ އާއި އޭނާގެ ޢާއިލާއިން ކަމަށެވެ. އަދި އަހަރެއްހާ ދުވަހުގެ ތެރޭގައި 15 ކްރޯޑް ރުޕީސް ރިއާ ވަނީ ސްޝާންތުގެ އެކައުންޓުން ޓްރާންސްފަރކޮށްފައި ކަމަށްވެސް ސްޝާންތުގެ ބައްޕަ ބުނެފައިވެއެވެ.

ސްޝާންތާއި ލޯބީގެ ގޮތުން ގުޅިގެން ، އެކީ އުޅުނު ރިއާ ވަނީ ސްޝާންތުގެ އެތައްބައިވަރު ފައިސާއަކާއި ގަހަނާއެއް ހިފައިގެން ޖޫން 8 ވަނަ ދުވަހު ސްޝާންގެ ގެއިން ނުކުމެފައެވެ. ސްޝާންތު ދަންޖެހުގެން މަރުވެފައިވަނީ ޖޫން 14 ވަނަ ދުވަހުއެވެ.

ސުޝާންތުގެ މަރާއެކު ބޮލީވުޑުގައި އޮތް ތަފާތުކުރުންތަކާއި ނުފޫޒުގަދަ މީހުންގެ އަނދިރިފަރާތުގެ ވާހަކަތައް ދަނީ ފެންމަތި ވަމުންނެވެ. އެގޮތުން މިފަދަ ކަންކަމާއި ދެކޮޅަށް އެންމެ އަޑުހަރުކޮށް ވާހަކަ ދައްކަމުން އަންނަ ފިލްމީ ބަތަލާ ކަންގަނާ ވަނީ ސުޝާންތުގެ މަރާއި ޑައިރެކްޓަރ ކަރަން ޖޯހަރާއި ، އަދިތްޔާ ޗޯޕްޅާއާއި ވެސް ގުޅުވާފައެވެ. އެގޮތުން ސްޝާންތަށް ލިބުނު ، ސުޕަރހިޓްވި އެތައް ފިލްމުތަކެއް އޭނާ ދޫކޮށްލަންޖެހުނީ ޔަސްރާޖް ފިލްމްސްގެ އެގްރީމެންޓްގައި އޭނާ ބަނދެފައި ހުރުމުން ކަމަށާއި އެ ކުންފުނިން އޭނާއަށް ރަނގަޅު ހުށަހެޅުންތަކެއް ދީފައިނުވާ ކަމަށް ކަންގަނާ ތުހުމަތުކުރެއެވެ.

މި ކަންކަމާއެކު ސުޝާންތުގެ ލޯބިވެރިޔާ އޭނާއަށް ކެހި ދެމުން ގޮސްފައިވާތީ ސްޝާންތު ވަނީ ވަރަށް ބޮޑަށް ޑިޕްރެޝްވެފައި ކަމަށް މީޑިއާތައް ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!