Thursday, 5 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ރިޔާޒް ހެޓްރިކް ހަދައިފި

ރިޔާޒް ހެޓްރިކް ހަދައިފި
ލޯކަލް ކައުންސިލް އިންތިޚާބުގައި ލ.ފޮނަދޫގެ ރައީސްކަމުގެ މަގާމަށް ޕީޕީއެމުން ވާދަ ކުރި އަޙުމަދު ރިޔާޒު އެ މަގާމު ކާމިޔާބުކޮށް ތިންވަނަ ދައުރެއް ޔަގީން ކޮށްފިއެވެ. މިހައިތަނަށް އާންމުކޮށްފައިވާ ނަތީޖާތަކަށް ބަލާއިރު ފޮނަދޫގެ ބަރާސިލް އަވަށާއި މެދުއަވަށު ފޮށިން ރިޔާޒު ވަނީ ކުރި ހޯދައިފައެވެ. މި ފަހަރުގެ އިންތިޚާބުގައި ރިޔާޒާ ވާދަކޮށްފައި ވަނީ މިނިވަން ކެނޑިޑޭޓެއް ކަމަށްވާ ޙަސަން އަޙުމަދެވެ. https://dhen.mv/75446

މިހާރު ލިބެމުންދާ ނަތީޖާތަކަށް ބަލާއިރު ޕީޕީއެމުން ދަނީ މާލެއިން ބޮޑެތި ކާމިޔާބުތަކެއް ހޯދަމުންނެވެ. އެގޮތުން މާލޭގެ މޭޔަރުކަމުގެ ގޮނޑިވެސް ޕީޕީއެމްގެ ކެނޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވަނީ ކާމިޔާބު ކުރައްވައިފައެވެ. މީގެ އިތުރުން އަތޮޅުތަކުގެ ނަތީޖާތަކުން ވެސް ޕީޕީއެމުން ދަނީ ކުރިން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް