Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މޯލްޑިވިއަން އިން ޑާކާ އަށް ސީދާ ދަތުުރުތައް ބާއްވަނީ

މޯލްޑިވިއަން އިން ޑާކާ އަށް ސީދާ ދަތުުރުތައް ބާއްވަނީ

ގައުމީ އެއަރލައިން މޯލްޑިވިއަނުން ބަންގުލަދޭޝްގެ ޑާކާއަށް ސިދާ ދަތުރުތައް ފެށުމަށް ނިންމައިފިއެވެ.މިއީ ލޮކްޑައުންގެ ފަހުން ރާއްޖެއިން ބޭރުގެ މަންޒިލަކަށް މޯލްޑިވިއަނުން ސީދާ ދަތުރުތައް ބާއްވާ ފުރަތަމަ ފަހަރު ކަން ފާހަގަކޮށްލަން ޖެހެއެވެ.

އެގޮތުން މޯލްޑިވިއަނުން ބުނެފައިވާ ގޮތުގައި ކޮންމެ ހަފްތާއަކު ދެ ދުވަހު ޑާކައަށް ސީދާ ފުލައިޓްތައް ބާއްވަން ނިންމާފައިވާ ކަމަށެވެ. މި ދަތުރުތައް އޮންނާނީ ކޮންމެ އަންގާރަ އަދި ހުކުރު ދުވަހު އެވެ.

ޑާކާ އަށް އެއްކޮޅު ޓިކެޓު ފެށޭ އަގަކީ 433 ޑޮލަރެވެ. އަދި 72 ގަޑިއިރު ކުރިން ހަދާފައިވާ ކޮވިޑް-19 ގެ ޓެސްޓުގެ ނެގެޓިވް ނަތީޖާ ފުރާއިރު އަތުގައި އޮންނަން ޖެހޭއިރު އެ ޓެސްޓުގެ ނަތީޖާ ޗެކިން ވުމުގެ ކުރިން ދައްކަން ޖެހޭނެ ކަމަށާއި، އިމިގްރޭޝަންގެ އިމުގާ ޕޯޓަލްގައި ފުރުމުގެ 24 ގަޑި އިރު ކުރިން ރަޖިސްޓްރީ ވާން ޖެހޭނެ ކަމަށް ވެސް މޯލްޑިވިއަން އިން ބުނެއެވެ.

Advertisement
Ooredoo — Truecaller (box)

މޯލްޑިވިއަން އިން ވަނީ އިތުރު މައުލޫމާތު ހޯދުމަށް މޯލްޑިވިއަންގެ ނަންބަރު 3335544ށް ގުޅުމަށް އެދިފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް