Thursday, 5 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ހުވަދު އަތޮޅަށް ޕީޕީއެމްގެ ޒުވާާން ފަހުލަވާނެއް، މަރުޙަބާ ފައިހަތު!

ހުވަދު އަތޮޅަށް ޕީޕީއެމްގެ ޒުވާާން ފަހުލަވާނެއް، މަރުޙަބާ ފައިހަތު!
ގދ. އަތޮޅުގެ ރައީސް ކަމަށް ހަސަން ފައިހަތު ގުދުރަތުﷲ (ފައިހަތު) އިންތިހާބު ވެއްޖެއެވެ. 

މި އިންތިހާބުގައި ޖުމްލަ 3 ކެނޑިޓޭޓުން ވާދަކުރި އިރު ރާއްޖޭގެ އެންމެ ވަރުގަދަ 3 ޕާޓީން ވަނީ ގދ.އަތޮޅުގެ ރައީސްކަމަށް ކުރިމަތި ލައިފައެވެ. ފައިހަތުއާ ވާދަ ކުރީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓް މުޙައްމަދު ހަސަން އާއި ޖުމްހޫރީ ޕާޓީން މުޙައްމަދު މުޚްތާރުއެވެ.

ވޯޓު ފޮށިތަކުގެ މިހާރުގެ ނަތީޖާއަށް ބަލާއިރު، ކޮންމެ ވޯޓު ފޮށްޓަކުން ވެސް ފައިހަތު އުޅެނީ ކުރީގައެވެ.

ހަސަން ފައިހަތު ގުދުރަތުﷲ (ފައިހަތު) އަކީ މުޅި ތިނަދޫއަށް އަދި ޚާއްސަ ކޮށް މުޅިރާއްޖެއަށް ވެސް މަޝްހޫރު ކެނޑިޑޭޓެކެވެ. އެތްލެޓިކްސްގެ ދާއިރާއިން ރާއްޖެއަށް ރީތި ނަން ހޯދައިދީ ތިނަދޫއަށް އެތްލެޓިކްސް ތަޢާރަފް ކޮށްދިން ޓީމްގެ އިސް މެމްބަރެކެވެ. އަދި ޒުވާނުންނާ ގުޅިގެން އިޖްތިމާޢީ އަދި ކުޅިވަރުގެ ދާއިރާއިން އެތައް ހަރަކާތްތައް އޭނާ ވަނީ ކުރިއަށް ގެންގޮސްފައެވެ. ތިނަދޫއަށް މާލެ އޮޕްޓިކަލްގެ ޚިދުމަތް ދިނުމާއި އޭވިޝަން ދާއިރާއިން ގިނަ ޚިދުމަތް ތައް ވަނީ އޭނާ ފޯރުކޮށްދީފައެވެ. އަދި އޭނާ އަކީ އަމިއްލަ ހިއްސާ އޮންނަ ވިޔާފާރިއެއް ވެސް ހިންގަމުންދާ ހީވާގި ޒުވާނެކެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް