Saturday, 31 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ކެލާއިން އިތުރު 9 މީހަކު ކޮވިޑަށް ފައްސިވެއްޖެ

ކެލާއިން އިތުރު 9 މީހަކު ކޮވިޑަށް ފައްސިވެއްޖެ

ކެލާއިން އިތުރު 9 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ކެލާ ކައުންސިލް ރައީސް އާދަމް ގުފްރާން "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކެލާއިން ފައްސި ވެފައިވަނީ ކުރިން އެރަށުން ފައްސިވީ މީހާއާއި އެއް ބޯޓެއްގެ 9 މީހުން ކަމަށެވެ.

"ނުވަ މީހަކު ފައްސި ވުމާއި ގުޅިގެން މިވަގުތު ކެލާ އޮތީ މޮނީޓަރިންގެ ހާލަތުގަ" ގުފްރާން ވިދާޅުވެފައިވެއެވެ.

Advertisement
Allied Insurance — Square (box)

އެރަށުން ފައްސިވީ މީހުންގެ ތެރޭގައި ހިމެނެނީ އެބޯޓުގެ އަށް ފަޅުވެރިންނާއި ބޯޓުން ދަތުރުކުރި އެކަކު ކަމަށެވެ.

ފައްސި ވެފައިވަނީ ތިން ދިވެހިންނާއި ފަސް ބިދޭސީން ކަމަށް ވެސް ގުފްރާން ވިދާޅުވިއެވެ.

ކެލާއިން މިއަދު ނުވަ މީހަކު ފައްސި ވެފައިވާއިރު މިމަހުގެ 27 ވަނަ ދުވަހުވެސް އެރަށުން މީހަކު ވަނީ ފައްސިވެފައެވެ. އެމީހާއަކީ މާލެއިން ކެލާއަށް ދަތުރުކުރާ އެބޯޓުގެ މީހެއް ކަމަށާއި ކޮވިޑަށް ޓެސްޓު ކުރަން އޭނަަގެ ސާމްޕަލް ފުރަތަމަ ނެގިއިރު ނަތީޖާ ދެއްކީ ނައްސި ކަމަށާއި ނަމަވެސް ފަހުން އޭނާ ފައްސިކަން ވެސް އެނގިފައިވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް