Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މާސްކު ނާޅާ އުޅޭ މީހުން 1000 ރުފިޔާއިން ޖޫރިމަނާ ކުރަން ނިންމައިފި

މާސްކު ނާޅާ އުޅޭ މީހުން 1000 ރުފިޔާއިން ޖޫރިމަނާ ކުރަން ނިންމައިފި

މާސްކު ނާޅާ ބޭރު ތެރޭގައި އުޅޭ މީހުން 1000 ރުފިޔާއިން ޖޫރިމަނާ ކުރަން ނިންމައިފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އާންމު ތަންތަނުގައި މާސްކު އަޅައިގެން އާންމުން އުޅޭތޯ ބެލުމުގެ މަސައްކަތް ފުލުހުން މިރެއިން ފެށިގެން ކުރާނެ ކަމަށާއި އަދި ހޮނިހިރު ދުވަހުން ފެށިގެން މާސްކު ނާޅާ ފަރާތްތައް 1،000 ރުފިޔާ އިން ޖޫރިމަނާ ކުރަމުންދާނެ ކަމަށެވެ.

"މިރެއިން ފެށިގެން ޕޮލިހުން ބައްލަވަމުން ގެންދަވާނެ އާންމު ތަންތަނުގައި މާސްކު އަޅައިގެންތޯ އުޅެނީ. އަދި ހޮނިހިރު ދުވަހުން ފެށިގެން މާސްކު ނާޅާ އުޅޭ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ، އެއްހާސް ރުފިޔާއިން ޖޫރިމަނާ ކުރެވިގެންދާނެ،" ނަޒްލާ ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ މާސްކް އެޅުން މަޖުބޫރު ކޮށްފައި ވަނީ މާލެ ސަރަހައްދަށް އެކަނި ކަމަށެވެ.

ބޭރަށް ނިކުމެ އުޅޭއިރު މާސްކު އެޅުން މަޖުބޫރުކޮށްފައިވަނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ނެޝަނަލް ޓާސްކްފޯހާއެކު ބޭއްވި ބައްދަލު ވުމެއްގަ އެވެ.

އިތުރު ތަފްސީލު އަންނަނީ...

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް