Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ހުކުރު އަދި އީދު ނަމާދުގެ ތެރެއިން ކޮންމެވެސް އެއް ނަމާދަކަށް ދިއުމަށް އިލްތިމާސްކޮށްފި

ހުކުރު އަދި އީދު ނަމާދުގެ ތެރެއިން ކޮންމެވެސް އެއް ނަމާދަކަށް ދިއުމަށް އިލްތިމާސްކޮށްފި

ހުކުރު އަދި އީދު ނަމާދުގެ ތެރެއިން ކޮންމެވެސް އެއް ނަމާދަކަށް ދިއުމަށް އިލްތިމާސްކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ބަަޔާނެއްގައި ބުނީ މާލޭގައި ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި ވެސް މާދަމާ އީދު ނަމާދު ކުރާނެ ކަމަށެވެ. އެކަމަކު އަންހެނުންނަށް ބައިވެރިވެވެނީ އިސްލާމީ މަރުކަޒާއި ވިލިމާލޭގައި ހުންނަ މަސްޖިދުއްބިއްރި އާއި ހުޅުމާލޭ މަސްޖިދުލްއަޒީޒާ މޫސާގައި ކުރާ ނަމާދުގައި ކަމަށް ބުންޏެވެ. ނަމަވެސް މިނިސްޓްރީން ބޮޑަށް ބާރު އަޅަނީ އަންހެނުންނާއި ކުޑަކުދިން މިސްކިތްތަކަށް ނުދިޔުމަށެވެ.

އެގޮތުން މި އަހަރުގެ އަޟްޙާ ޢީދު ދުވަސް ހުކުރު ދުވަހާ ދިމާވުމުން މި ދެ ނަމާދުގެ ތެރެއިން ކޮންމެވެސް އެއް ނަމާދަކަށް އައުމަށް މިނިސްޓްރީގެ ފަރާތުން އިލްތިމާސް ކުރެއެވެ.

Advertisement
Ooredoo — Square (box)

ކޮވިޑް-19 ގައި އެންމެ ރިސްކު ބޮޑުކަމަށް ބެލެވިފައިވާ، ބޮޑެތި ބަލިތަކަށް ބޭސް ކުރާ މީހުންނާއި ފުއްޕާމޭގޭ މައްސަލަތައް ހުންނަ މީހުންނާއި ދުވަސްވީ މީހުންނާއި ބަލީގެ އަލާމާތްތައް ހުންނަ މީހުން މިސްކިތަށް ނުދިޔުމަށް ވެސް އެ މިނިސްޓްރީން އިލްތިމާސް ކުރެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް