Thursday, 5 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ގއ.އަތޮޅު ރައީސަކަށް ޕީޕީއެމްގެ ޝިހާން، މަރުހަބާ!

ގއ.އަތޮޅު ރައީސަކަށް ޕީޕީއެމްގެ ޝިހާން، މަރުހަބާ!

މިއަދު އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ގއ.އަތޮޅު ކައުންސިލްގެ ރައީސް އަކަށް އިދިކޮޅު ޕީޕީއެމްގެ އިބްރާހިމް ޝިހާން (ޝިހާން) އިންތިހާބު ވެއްޖެއެވެ.

ގއ.އަތޮޅުގެ ރައީސް ކަމަށް ޝަހީން ހޮވިފައި ވަނީ އެމްޑީޕީގެ ކެނޑިޑޭޓް  އަހުމަދު ފުއާދާ ވާދަ ކޮށެވެ. އެ މަގާމަށް އަމިއްލަ ކެނޑިޑޭޓެއް ކަމަށް ވާ ހަސަންދީދީ ވާދަ ވެސް ކުރިއެވެ.

މިހާރު ލިބެމުންދާ ނަތީޖާތަކަށް ބަލާއިރު ޕީޕީއެމުން ދަނީ އަތޮޅުތަކުންނާއި މާލެއިން ބޮޑެތި ކާމިޔާބުތަކެއް ހޯދަމުންނެވެ. އެގޮތުން މާލޭގެ މޭޔަރުކަމުގެ ގޮނޑިވެސް ޕީޕީއެމްގެ ކެނޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވަނީ ކާމިޔާބު ކުރައްވައިފައެވެ. މީގެ އިތުރުން އަތޮޅުތަކުގެ ރައީސްގެ ގިނަ ގޮނޑިތަކެއް ވެސް ޕީޕީއެމުން ކާމިޔާބު ކުރާނެ ކަން ވަނީ ކަށަވަރު ވެފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް