އިދިކޮޅުން މަޝްވަރާ ކުރަންވީ ކޮން ރައީސަކާކަން އޮޅިއްޖެ: ޝުޖާއު
އިދިކޮޅުން މަޝްވަރާ ކުރަންވީ ކޮން ރައީސަކާ ކަން އޮޅިފައިވާކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ސިޔާސީ ވާދަވެރި ޕާޓީތަކަށް ރައީސް އެ ގޮތަށް ދައުވަތު ދެއްވީ، ރާއްޖޭގެ 55 އަހަރު ފުރުނު މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބް ކުރައްވަމުން ރައީސް ސޯލިހް ދެއްވި ތަގުރީރުގަ އެވެ.
އެ ދައުވަތަށް އިޝާރާތް ކުރައްވައި ޕީޕީއެމްގެ ނައިބް ރައީސް ޝުޖާއު ވިދާޅުވީ އިދިކޮޅު ލީޑަރަކީ މިހާރު ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންކަމާމެދު އެއްވެސް ސުވާލެއް ނެތް ކަމަށެވެ.
"އިދިކޮޅާ ކަމަކާ ގުޅޭ ގޮތުން އެއްވެސް މަޝްވަރާއެއް ކުރާ ނަމަ، މަޝްވަރާ ކުރަނީ ކޮން ރައީސްއެއް ކަން ވެސް އެނގެން އެބަޖެހޭ، ތިތަނުން އެގަހުކޭލެއް މިގަހު ކޭލެއް ނޭނގޭ، ރައީސުލްޖުމްހޫރިއްޔާ އޮޅިއްޖެ،" ޝުޖާއު ވިދާޅުވިއެވެ.
Idhikolhu Leader akee Raees Yameen.Miee Suvaaleh Oiy kameh noon.Idhikolhaa Kamakaa Gulhey gothun Evves Mashvaraa eh kuraa nama,Mashvaraa Kuranee Kon Raees eh kan ves Eba egen jehey.Thithanun Egahukeyleh,Migahu Keyleh neygey.Raeesul Jumhooriyyaa Olhijje