Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ރިޒާ ކުންފުނީގެ ބިދޭސީން ބޮޑު ފިނޮޅުން ބާލައިފި

ރިޒާ ކުންފުނީގެ ބިދޭސީން ބޮޑު ފިނޮޅުން ބާލައިފި

ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ ހިއްސާ އޮންނަ ރިޒް ކުންފުނިން ބޮޑުފިނޮޅުގައި މަސައްކަތް ކުރުވުމަށްފަހު މުސާރަ ނުދީ، ހަވާލުވާން ދެކޮޅު ހަދައި އެ ރަށަށް ދޫކޮށްލާފައި ތިބި ބިދޭސީން މިއަދު ބާލައިފި އެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެ ރަށުގައި ތިބި ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށުން އެ ރަށުންް ބާލާފައިވަނީ ކަރަންޓާއި ފެނުގެ ހިދުމަތް ކެނޑުމުގެ ސަބަބުން ހާލުގައި ޖެހިފައި ތިބޭތާ ދެ ދުވަސް ވެފައިވާ ފަހުންނެވެ. އެ ރަށުން އެ ހިދުމަތްތައް ކެނޑިފައިވަނީ ރިސޯޓެއްގެ ގޮތުގައި އެރަށް ތަރައްގީކުރަމުން އަންނަ ސީލް މޯލްޑިވްސްގެ ހުރިހާ މުވައްޒަފުން ރަށުން ފޭބުމުގެ ސަބަބުންނެވެ.

ސީލް މޯލްޑިވްސް ގެ ވަކީލު ވިދާޅުވިގޮތުގައި ފެނާއި ކަރަންޓުގެ ޚިދުމަތް ކެނޑުނީ ފެން ޕްލާންޓާއި ޖަނަރޭޓަރަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށާއި އެ މައްސަލަ ދިމާވާތީ ހައްލުކުރަން އެދުމުން އެ ހުއްދަ ނުލިބި ލަސްވުމުންނެވެ.

Advertisement
Ooredoo — Square (box)

ދައުލަތުގެ ބެލުމުގެ ދަށުގައި ބައިތިއްބާ ގޮތަށް ބިދޭސީން މާލެއަށް ގެނައުމުގެ ދަތުރުވެސް ހަމަޖެއްސީ ސީލް މޯލްޑިވްސް އިން ކަމަށާއި ފެނާއި ކަރަންޓުގެ ޚިދުމަތް އަލުން ދޭން ފަށާފައިވަނީ ވެސް ފުލުހުން ބިދޭސީން އެރަށުން ބާލަން އެއްބަސްވުމުން ކަމުގައި މަައުލޫމާތުު ލިބެއެވެ.

ބޮޑުފިނޮޅުގައި ތިބި 179 ބިދޭސީންނަކީ މްބަރު އަލީ ރިޒާގެ ހިއްސާ އޮންނަ ރިޒް ކުންފުނިން އެ ރަށުގައި ރިސޯޓު ހެދުމަށް ގެންގޮސްފައިވާ މީހުންނެވެ. ނަމަވެސް އެ ކުންފުނިން ވަނީ އެމީޙުނާ ހަވާލުނުވާނެ ކަމަށް ބުނެފައެވެ. އެ ކުންފުނިން އަމަލުކުރި ގޮތުން ހިއުމަން ޓްރެފިކިންގެ ބޮޑެތި ތުހުމަތުތަކަކާ އެކު ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް