Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި މީހަކު ހައްޔަރު ކޮށްފި

ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި މީހަކު ހައްޔަރު ކޮށްފި

ދެކުނުގެ ރަށެއްގައި ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު އުފުލުނު މީހަކު ހައްޔަރު ކޮށްފިއެވެ.

މިމައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނީ އުމުރުން 46 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވެފައިވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ގއ.ގދ ހިމެނޭ ރަށެއްގައި ފިރިހެނަކު ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެއް ރޭ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

Advertisement
Allied Insurance — Square (box)

މިމައްސަލަ ފުލުހުން ބަލަމުންދާ ކަމަށާއި މައްސަލައާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ވެސް އަޅަމުންދާނެ ކަމަށް އޮފިޝަލު ވިދާޅުވެފައިވެއެވެ.

މިމައްސަލައާއި ގުޅިގެން އިތުރު ތަފްސީލެއް ފުލުހުން އަދި ދެއްވާފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް