Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އިންޑިއާއަށް ދިޔަ ބަލި މީހެއްގެ އެހީތެރިއަކު ކޮވިޑަށް ފައްސި ވެއްޖެ

އިންޑިއާއަށް ދިޔަ ބަލި މީހެއްގެ އެހީތެރިއަކު ކޮވިޑަށް ފައްސި ވެއްޖެ

އާސަންދައިގެ ހަރަދުގައި އިންޑިއާއަށް ބޭސްފަރުވާއަށް ދިޔަ ބަލި މީހެއްގެ އެހީތެރިއަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

އާސަންދަ އިން ބުނީ ކޮވިޑަށް ފައްސި ވެފައިވަނީ އާސަންދައިގެ ދަށުން މި މަހުގެ 14 ވަނަ ދުވަހު އިންޑިއާގެ އަމްރީތާ ހޮސްޕިޓަލަށް ދިޔަ ބަލިމީހުންގެ ތެެރެއިން ބަލިމީހެއްގެ އެހީތެރިއެއް ކަމަށެވެ.

މި މަހުގެ 14 ވަނަ ދުވަހު އިންޑިއާ އަށް ދިޔަ ދިވެހިންގެ ތެރެއިން ތިން މީހަކު މީގެކުރިން ވެސް ކޮވިޑަށް ފައްސި ވެފައެވެ. އެގޮތުން ފައްސިވީ މީހުންނާއި އެމީހުންގެ ކްލޯޒް ކޮންޓެކްޓުން އިންޑިއާގެ ހެލްތް ޕްރޮޓޮކޯލާ އެއްގޮތަށް، އެހެންފަރާތްތަކާ ވަކިން އައިސޮލޭޓްކޮށްފައިވާ ކަމަށް އާސަންދަ އިން ބުނެއެވެ.

Advertisement
Allied — Dhen Online (box)

އާސަންދައިގެ ޚަރަދުގައި ފަރުވާ ހޯދުމަށް ބަލިމީހުންނާ އެހީތެރިންނާއެކު އިތުރު 60 މީހުން އިންޑިއާގެ ޓްރިވެންޑްރަމަށް މިދިޔަ ބުދަ ދުވަހު ވެސް ވަނީ ފުރާފައެވެ. އާސަންދަ އިން ބުނީ އިންޑިއާގެ ކިމްސް ހޮސްޕިޓަލަށް ދިޔަ އެ 28 ބަލިމީހުންވެސް ކޮވިޑް19 އަށް ޓެސްޓުކޮށް ނަތީޖާ ނައްސި ވެފައިވާތީ މިހާރު ފަރުވާ ފަށާފައިވާ ކަމަށެވެ.

އާސަންދައިގެ ހަރަދުގައި ބޭސްފަރުވާ އަށް ދިވެހިންގެ ތިން ބެޗެއް މިހާތަނަށް ވަނީ އިންޑިއާ އަށް ގޮސްފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް