އީދު ދުވަހަށް މޫނު ނަލަކޮށްލާނެ ގޮތެއް
މި ދުވަސްވަރަކީ ގޭގައި ތިބޭ ދުވަސްވަރަކަށް ވުމުން ގިނަ މީހުން މިވަނީ މޫނުގެ ހަންގަނޑަށް މާ ބޮޑު ސަމާލުކަމެއް ނުދެވިއެވެ. ނަމަވެސް ކުރިއަށް އޮތް އީދަށް މޫނު ތާޒާ ކޮށް އުޖާލާ ކޮށްލަން ކޮންމެ މީހެއް ވެސް ބޭނުންވާނެއެވެ.
ހާސް ނުވާށެވެ. މި ހިމަނާލަނީ ވަގުތުން މޫނު އުޖާލާ ކޮށްދީ ނަލަކޮށްލާނެ ފޭސް ޕެކެކެވެ. މިއީ ގޭގެ ބަދިގޭގައި ހުންނަ އެއްޗެހިންގެ ހަދާލެވޭނެ ފަދަ އަގުހެޔޮ ފޭސްޕެކެކެވެ.
އެގޮތުން މި ފޭސްޕެކަށް ބޭނުންވާ މައިގަނޑު އެއްޗަކީ އޯޓްސް އެވެ. އޯޓްސްއަކީ މޫނުގެ ހަންގަނޑު އޮމާންކޮށްދިނުމަށާއި، މޫނުގެ ހުންނަ ލައްތައް ފިލުވުމަށް ވަރަށްބޮޑު ރޯލެއްކުޅެދޭ އެއްޗެކެވެ.
ދެ މޭޒުމަތީ ސައި ސަމްސާ އޯޓްސްގެ ތެރެއަށް ކުޑަ މާމުއީ ފޮދެއް އަޅާ އޭގެތެރެއަށް ލުނބޯހުތްކޮޅެއް އަޅާ މިކްސް ކޮށްލާށެވެ.
މިކްސްކުރުމަށްފަހު މޫނުގައި އުނގުޅާލާށެވެ.
10-15 މިނެޓް މޫނުގައި ބެހެއްޓުމަށްފަހު ފިނިފެންފޮދަކުން ރީތިކޮށް މޫނު ދޮވެލާށެވެ.
މޫނުގެ ހަންގަނޑު އުޖާލާވުމަށް މިއީ މުޖައްރިބު ފަންޑިތައެކެވެ.