Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މޫޑް ރަނގަޅުކޮށްލަން އެންމެ ރަނގަޅީ ދޮންކެޔޮ

މޫޑް ރަނގަޅުކޮށްލަން އެންމެ ރަނގަޅީ ދޮންކެޔޮ

މާ އަވަސް އަވަހާ މޫޑު ގޯސްވަނީ ހެއްޔެވެ؟ ނުވަތަ އަބަދު ކަންކަމާ ހާސްވެ ފިކުރު ބޮޑުވަނީ ހެއްޔެވެ؟ ހާސް ނުވާށެވެ. ތިކަމަށް އޮތް ހައްލަކީ ދޮންކެޔޮ ވަކެކެވެ.

ދޮންކޭލަކީ ހަށިގަނޑަށް ފައިދާހުރި މޭވާ އެއް ކަން އަހަރެމެން އެންމެންވެސް ދަންނަމުއެވެ. އެގޮތުން ދޮންކޭލުން ހަށިގަނޑަށް ލިބޭ ފައިދާތަކަށް ބަލާއިރު އެއީ ޑިޕްރެޝަން އަށް ފަރުވާއެކެވެ. ދޮންކޭލުގައި ހިމެނޭ ބައެއް މާއްދާތަކުގެ ސަބަބުން މީހާގެ ސިކުނޑިއަށް ލުއިކަން ގެނެސްދެއެވެ. އެހެން ކަމުން މީހާގެ މޫޑް ރަނގަޅުވެ ހިތްހަަމަ ޖެހުމާއި އުފާވެރިކަން އިހުސާސް ކުރެވެއެވެ. އަދި ވިސްނުން ތޫނުފިލި ކޮށްދިނުމަށްވެސް އެހީތެރިވެދެއެވެ.

މީގެ އިތުރުންވެސް ދޮންކޭލަކީ ހަށިގަނޑުގައި ހަކަތަ އިތުރު ކޮށްދޭ ގިނަ މާއްދާތަކެއް އެކުލެވޭ މޭވާއެކެވެ. ދޮންކެޔޮ ކެއުމުން ގައިގައި ވަރުޖެހި ހެލިފެލިވެ އުޅުމަށް އެހީއަކަށް ވެދޭއިރު ލޭގެ ޕްރެޝަރު ދަށް ކުރުމަށް ވެސް ދޮންކޭލުން އެހީތެރިވެދެއެވެ. މީގެ އިތުރުން ހަށިގަނޑުގައި ލޭ އިތުރުކޮށްދީ ދިފާއީ ނިޒާމް ވަރުގަދަ ކޮށްދީ ހިތުގެ ދުޅަހެޔޮކަން ރަނގަޅު ކުރުމަށާއި ކެންސަރުން ރައްކާތެރިވުމަށް ވެސް ދޮންކޭލުން އެހީތެރިވެދެއެވެ.

Advertisement
HDC — Sidebar (box)

އެހެންކަމުން ކާންވީ އެއްޗަކީ ދޮންކޭލެއް ނޫން ހެއްޔެވެ؟ ހަމައެހެންމެ ދޮންކޭލަކީ ރަހަ މީރުވެފައި، އެހެން މޭވާތަކާއި ޚިލާފަށް ބުރަ މަސައްކަތެއް ނުކޮށް ކޮންމެ ތަނެއްގައި ހުރެގެންވެސް ފަސޭހައިން ކާލެވޭނެ މޭވާއެކެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް