Saturday, 31 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ފަތުރުވެރިން ތިބި ރިސޯޓުތަކުގެ މުވައްޒަފުން ރަށަށް ދާނަމަ 14 ދުވަހަށް ކަރަންޓީން ވާންޖެހޭނެ

ފަތުރުވެރިން ތިބި ރިސޯޓުތަކުގެ މުވައްޒަފުން ރަށަށް ދާނަމަ 14 ދުވަހަށް ކަރަންޓީން ވާންޖެހޭނެ

ފަތުރުވެރިންނަށް ހިދުމަތް ދެމުން އަންނަ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ރަށަކަށް ދާނަމަ 14 ދުވަހު ކަރަންޓީންވާން ޖެހޭނެ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު(އެޗްއީއޯސީ)ން ބުނެފިއެވެ.

އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެސެންޓަރުގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީޤް ވިދާޅުވީ ރާއްޖޭގެ ބޯޑަރުތައް ހުޅުވާލުމާއެކު ގިނަ ރިސޯޓުތަކެއްވެސް ހުޅުވައި ހިދުމަތްދޭން ފަށާފައިވާ ކަމަށާއި ރިސޯޓަކުން މުވައްޒަފަކު އަތޮޅުތެރެއަށް ދާ ނަމަވެސް 14 ދުވަހުގެ ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ.

"ރިސޯޓެއްގައި މަސައްކަތް ކުރާ މުވައްޒަފަކުވެސް އެއްވެސް ކަމެއް ދިމާވެގެންވިޔަސް އަތޮޅުތެރެއަށް ނުވަތަ ރަށަކަށް ދާ ނަމަ ކަރަންޓީންވާން ޖެހޭނެ. އެ ފަރާތްތަކުންވެސް 14 ދުވަހުގެ ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރަން ޖެހޭނެ" ނަޒްލާ ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

ރާއްޖޭގެ ރިސޯޓުތަކުގައި ކޮވިޑް ފެތުރެން ފެށުމާ ގުޅިގެން ރިސޯޓުތަކަށް އަރާފޭބުން ވަގުތީ ގޮތުން މަނާކުރުމަށް ފަހު ރިސޯޓުތަކުން މީހުން ފޭބުމުގައި ޢަމަލުކުރާނެ އުސޫލެއް އެކުލަވާލާފައިވަނީ މާޗް މަހުގެ 30 ވަނަ ދުވަހުގައެވެ. އޭރު ނިންމާފައިވަނީ ރިސޯޓުތަކުގައި ތިބި މުވައްޒަފުންނަށް ރިސޯޓުން ފޭބޭނީ އެރަށެއްގައި ތިބި ފަތުރުވެރިންގެ ތެރެއިން އެންމެ ފަހު ފަތުރުވެރިޔާ ފުރާތާ 14 ދުވަސް ހަމަވުމަށްފަހު އެޗްޕީއޭގެ ލިޔުމާއެކުގައިކަމަށެވެ.

ރިސޯޓުތައް އަލުން ހުޅުވާ ޚިދުމަތް ދޭން ފަށާފައިވަނީ މިދިޔަ ޖުލައިމަހު ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކުގައެވެ. ރިސޯޓްތަކުގެ މުވައްޒަފުން ރިސޯޓުން އެހެން ރަށަކަށް ދާނަމަ ކަރަންޓީންގައި 14 ދުވަހު މަޑުކުރަންޖެހޭގޮތަށް ހަމަޖައްސާފައިވަނީ ކޮވިޑް-19 ފެތުރުމުގެ ފުރުޞަތު ކުޑަކުރުމުގެ ގޮތުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް