ކޮވިޑް-19: ފުލިދޫއިން 20 އަހަރުގެ އަންހެނަކު ފައްސިވެއްޖެ!

ވ. ފުލިދޫގައި ހޯމް ކަރަންޓީނުގައި ހުރި އުމުރުން 20 އަހަރުގެ އަންހެނަކު ކޮވިޑަށް ފައްސިވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި އެމީހާއަކީ މާލެއިން އެރަށަށް ގޮސް ކަރަންޓީންގައި ހުރި މީހެކެވެ. އަދި އެމީހާއާ އިތުރު އެއްވެސް މީހާކާ ބައްދަލު ނުވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެއަންހެންމީހާ ކޮވިޑަށް ފައްސިވެފައިވާކަން އެނގުނީ ކަރަންޓީނުގެ 14 ދުވަސް ހަމަވުމުން މިދިޔަ އަންގާރަ ދުވަހު ނެގި ސާމްޕަލުންނެވެ.
މާލެއިން އެއަންހެން މީހާއާއެކު އިތުރު ނުވަ މީހަކު ފުލިދޫ އަށް ގޮސް ކަރަންޓީނު ވެފައިވެއެވެ. އޭގެ ތެރެއިން ތިން މީހަކު ހުރީ އެއަންހެންމީހާ ހުރި ގެސްޓްހައުސްގައެވެ.
ނަމަވެސް އެއަންހެންމީހާއާއެކު ދިޔަ ނުވަ މީހުންވެސް ވަނީ މިބައްޔަށް ނައްސި ވެފައެވެ.