Wednesday, 4 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ބީއެމްއެލްގެ އެހީގައި ގއ. އަތޮޅު މަދަރުސާގައި ސާފު ބޯފެން ލިބޭނެ ނިޒާމެއް ގާއިމްކޮށްފި

ބީއެމްއެލްގެ އެހީގައި ގއ. އަތޮޅު މަދަރުސާގައި ސާފު ބޯފެން ލިބޭނެ ނިޒާމެއް ގާއިމްކޮށްފި

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ގއ. ކޮލަމާފުށީގައި ހުންނަ ގއ. އަތޮޅު މަދަރުސާގެ ދަރިވަރުންނާއި މުވައްޒަފުން ބުއިމަށް ބޭނުންކުރާ ފެނަކީ ރައްކާތެރި ފެން ކަމުގައި ހެދުމަށްޓަކައި ރަށު ސްކޫލުގައި އާރު.އޯ މެޝިން ބަހައްޓައިފިއެވެ.

ކޮމިއުނީ ފަންޑުގެ ދަށުން މި ޕްރޮޕޯސަލް ކާމިޔާބު ކުރި ކޮލަމާ ޖަމިއްޔާގެ ފަރާތުން ޝާމާ ތައްޚާން ވިދާޅުވީ މި ޕްރޮޖެކްޓްގެ ސަބަބުން އެ ރަށު ސްކޫލުގައި ކިޔަވަމުންދާ 114 ދަރިވަރުންނާއި މުވައްޒަފުންގެ އިތުރުން ސްކޫލަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ރައްކާތެރި ބޯފެން ލިބޭނެ ކަމަށެވެ.

ޝަމާ ވިދާޅުވީ ސްކޫލުގައި މިހާރު ބޭނުންކުރާ ފެނަކީ ޑިސަލިނޭޝަން ފެން ކަމުން ފެނުގެ ރައްކާތެރި ކަމާމެދު ރައްޔިތުންގެ ހިތުގައި ޔަގީން ކަމެއް ނޯންނަ ކަމަށެވެ. އަދި އެއްފަހަރާ ބޭނުން ކޮށްފައި އުކާލެވޭ ޕްލާސްޓިކް ފުޅި ބޭނުން ކުރުމުގެ ސަބަބުން ދިރާސީ އަހަރެއްގެ ތެރޭގައި ގާތްގަޑަކަށް 16،500 ޕްލާސްޓިކް ފުޅި އުކާލެވޭ ކަމަށާއި އުންމީދަކީ މި ޕްރޮޖެކްޓްގެ ސަބަބުން ރަށުގެ ރައްޔިތުންގެ މިކަމާ ދޭތެރޭ ދެކޭ ގޮތް ބަދަލުވެ ތިމާވެށި ރައްކާތެރިކުރުމަށް އެހީތެރިވެގެން ދިއުން ކަމަށް ވެސް ޝަމާ ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

މި ޕްރޮޖެކްޓް ގެ ދަށުން ކޮލަމާ ޖަމިއްޔާގެ ފަރާތުން ވަނީ ކޮންމެ ދަރިވަރަކަށާއި މުވައްޒަފަކަށް ރިޔޫސަބަލް ފުޅިއެއް ހަދިޔާ ކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް