ލައިފްސްޓައިލް

ރަމަޟާން 2021: އެންމެ ދިގު ރޯދައާއި އެންމެ ކުރު ރޯދަ މިއަހަރު ހިފާނީ ކޮން ޤައުމުތަކަކުން؟

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މާދަމާއަކީ މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް އަހަރެމެންނާ ބައްދަލުކުރާ ދުވަހެވެ.

Ads by Sosun Fihaara

އާންމުކޮށް ގިނަ ޤައުމުތަކުގައި މުސްލިމުން ރޯދައަށް ތިބެނީ 10 ގަޑިއިރަށްވުރެ ގިނައިރެވެ. ނަމަވެސް ބައެއް ޤައުމުތަކުގައި އިރުއަރާ އިރުއޮއްސޭ ވަގުތު ތަފާތު ވުމުން، އެ ޤައުމުތަކުގެ ރައްޔިތުން ރޯދައަށް ތިބޭ ވަގުތު ތަފާތުވެއެވެ.އެ ގޮތުން ދުނިޔޭގެ ދެކުނުގެ ޤައުމުތައް ކަމަށްވާ ޗައިލްއާ ނިއު ޒީލެންޑުގައި ރޯދައަށް ތިބެނީ އެވްރެޖްކޮށް 11 ގަޑިއިރުއެވެ. ނަމަވެސް އުތުރުގެ ބައެއް ޤައުމުތައް ކަމަށްވާ އައިސްލޭންޑާއި ނޯވޭގައި 18 ގަޑިއިރަށްވުރެ ގިނައިރު ރޯދައަށް ތިބެން ޖެހޭނެކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ރިޕޯޓުތަކުން އިތުރަށް ބުނެފައި ވަނީ މި މަހުގެ 20އިން 22އަށް ނޯވޭގެ ލޯންގިޔާބްޔެން ސިޓީއަށް އިރު ނުއޮއްސޭނެ ކަމަށެވެ. އެހެންކަމުން އެ ސިޓީގައި ދިރިއުޅޭ މުސްލިމުން މައްކާގައި ރޯދަ ވީއްލާ ވަގުތުގައި ނުވަތަ އެންމެ ކައިރި މުސްލިމު އެހެން ޤައުމަކުން ރޯދަ ވީއްލާ ވަގުތުގައި ރޯދަ ވީއްލުން ރަނގަޅުވާނެ ކަމަށް އެ ޤައުމުގެ ދީނީ ޢިލްމުވެރިން ވަނީ އިރުޝާދު ދެއްވާފައެވެ.

ބައެއް ސިޓީތަކުގައި ރޯދައަށް ތިބެންޖެހޭ ވަގުތުތައް:

▪︎ ނޫކް، ގްރީންލޭންޑް: 20-19 ގަޑިއިރު
▪︎ ރޭކްޖަވިކް، އައިސްލޭންޑް: 20-19 ގަޑިއިރު
▪︎ ހެސިންކި، ފިންލޭންޑް: 19-18 ގަޑިއިރު
▪︎ ސްޓޮކޯމް، ސްވިޒަލޭންޑް: 18-17 ގަޑިއިރު
▪︎ ގްލާސްގޯ، ސްކޮޓްލޭންޑް: 18-17 ގަޑިއިރު
▪︎ އޮސްލޯ، ނޯވޭ: 18-17 ގަޑިއިރު
▪︎ ކޯޕްހޭގެން، ޑެންމާކް: 18-17 ގަޑިއިރު
▪︎ މޮސްކޯ، ރަޝިއާ: 18-17 ގަޑިއިރު
▪︎ ބަރލިން، ޖަރުމަނު: 17-16 ގަޑިއިރު
▪︎ އެމްސްޓަޑޭމް، ދަ ނެދަލޭންޑްސް: 17-16 ގަޑިއިރު
▪︎ ވާސޯ، ޕޮލެންޑް: 17-16 ގަޑިއިރު
▪︎ ލަންޑަން، ޔޫކޭ: 17-16 ގަޑިއިރު
▪︎ ޕެރިސް، ފްރާންސް: 17-16 ގަޑިއިރު
▪︎ ނޫރް ސުލްތާން، ކަޒަކިސްތާން: 17-16 ގަޑިއިރު
▪︎ ރުސެލްސް، ބެލްޖިއަމް: 17-16 ގަޑިއިރު
▪︎ ޒޫރިކް، ސްވިޒަލޭންޑް: 17-16 ގަޑިއިރު
▪︎ ބުކާރެސްޓް، ރޮމޭނިއާ: 16-15 ގަޑިއިރު
▪︎ އޮޓާވާ، ކެނެޑާ: 16-15 ގަޑިއިރު
▪︎ ސޮފީއާ، ބަލްގޭރިއާ: 16-15 ގަޑިއިރު
▪︎ ރޯމް، އިޓަލީ: 16-15 ގަޑިއިރު
▪︎ މެޑްރިޑް، ސްޕޭން: 16-15 ގަޑިއިރު
▪︎ ލިސްބޯން، ޕޯޗުގަލް: 16-15 ގަޑިއިރު
▪︎ އެތެންސް، ގްރީސް: 16-15 ގަޑިއިރު
▪︎ ބީޖިންގް، ޗައިނާ: 16-15 ގަޑިއިރު
▪︎ ވޮޝިންގްޓަން ޑީސީ، އެމެރިކާ: 16-15 ގަޑިއިރު
▪︎ ޔޮންގިޔަން، ނޯތު ކޮރިއާ: 16-15 ގަޑިއިރު
▪︎ އަންކަރާ، ތުރުކީ: 16-15 ގަޑިއިރު
▪︎ ރަބަތު، މޮރޮކޯ: 15-14 ގަޑިއިރު
▪︎ އިސްލާމްއާބާދު، ޕާކިސްތާން: 15-14 ގަޑިއިރު
▪︎ ތެހްރާން، އީރާން: 15-14 ގަޑިއިރު
▪︎ ބެއިރޫތު، ލުބްނާން: 15-14 ގަޑިއިރު
▪︎ ކުވޭތު ސިޓީ، ކުވޭތު: 15-14 ގަޑިއިރު
▪︎ ޤާޒާ، ފަލަސްތީނު: 15-14 ގަޑިއިރު
▪︎ ނިއު ދިއްލީ، އިންޑިއާ: 15-14 ގަޑިއިރު
▪︎ ކޮލޮމްބޯ، ޝްރީލަންކާ: 14-13 ގަޑިއިރު
▪︎ ބެންކޮކް، ތައިލެންޑް: 14-13 ގަޑިއިރު
▪︎ ކުއާލާލަމްޕޫރް، މެލޭޝިއާ: 14-13 ގަޑިއިރު

▪︎ ކްރިސްޓްޗާޗް ނިއު ޒިލެންޑް: 12-11 ގަޑިއިރު

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!