Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ފްލެޓް ލިބޭ މީހުންގެ ލިސްޓު އާންމު ކުރަން ލަސްވަނީ މުވައްޒަފުތަކެއް ކޮވިޑަށް ފައްސިވުމުން: ފްލެޓް ކޮމެޓީ

ފްލެޓް ލިބޭ މީހުންގެ ލިސްޓު އާންމު ކުރަން ލަސްވަނީ މުވައްޒަފުތަކެއް ކޮވިޑަށް ފައްސިވުމުން: ފްލެޓް ކޮމެޓީ

ހިޔާ މަޝްރޫއުގެ ދަށުން ދޫކުރަން ހަމަޖެހިފައިވާ ފްލެޓްތަކުގެ ލިސްޓް މިމަހު އާއްމުނުުކުރެވުނީ ކޮމެޓީގެ މުވައްޒަފުންތަކެއް ކޮވިޑަށް ފައްސިވެ މެމްބަރުން ކަރަންޓީނަށް ދާންޖެހުމުންކަމަށް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމެޓީން ހާމަކޮށްފިއެވެ.

އެ ކޮމެޓިން ބުނީ ކޮމެޓީގެ މުވައްޒަފަކު ކޮވިޑަށް މިދިޔަ މަހުގެ 28 ވަނަ ދުވަހު ފައްސި ކޮމެޓީގެ ބައެއް މުވައްޒަފުން ކަރަންޓީނު ކުރަންޖެހި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތައް ކޮމެޓީގެ މަސައްކަތް ވަގުތީ ގޮތުން މެދުކަނޑާލަން ޖެހުނުކަމަށެވެ. އަދި އިއްޔެ އެ ކޮމެޓީގެ އިތުރު މުވައްޒަފަކު ކޮވިޑަށް ފައްސިވުމުން 14 ދުވަހަށް ކޮމީގެ މެމްބަރުންނާއި ހުރިހާ މުވައްޒަފުން ގޭގައި މަޑުކުރަން އެޗްޕީއޭއިން އަގާފައިވާކަމަށްވެސް އެ ކޮމެޓީން ބުނެއެވެ.

ކޮމެޓީން ބުނީ މަސައްކަތް ހުއްޓާލަން ޖެހިފައިމިވަނީ ޖުލައި މަހުގެ ފަހުކޮޅު ނުވަތަ އޮގަސްޓް މަހުގެ ކުރީކޮޅު ބައެއް ކެޓަގަރީތަކުގެ ލިސްޓްތައް ޢާންމުކުރުމަށްޓަކައި ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންދަނިކޮށްކަމެވެ. އަދި މިހާރު ދިމާވެފައިވާ ހާލަތުގެ ސަބަބުން ލިސްޓްތައް ޢާންމުކުރުން ލަސްވެގެންދާނެ ކަންކަމަށްވެސް އެ ކޮމެޓީން ބުނެއެވެ.

Advertisement
Ooredoo — Truecaller (box)

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް