ވެންޓިލޭޓަރަކަށް އަޅުގަނޑާއި ރައީސް ނަޝީދުގެ ދޭތެރެއަށް ނުވަދެވޭނެ: ރައީސް ޞާލިހު
ވެންޓިލޭޓަރަކަށް ރައީސް ޞާލިޙް އާއި ރައީސް ނަޝީދާ ދޭތެރެއަކަށް ނުވަދެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލުތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބާ ގުޅޭގޮތުން އެމްޑީޕީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވެންޓިލޭޓަރުތަކުގެ މައްސަލަ ނެތްނަމަ ރައީސް ޞާލިޙާއި ރައީސް ނަޝީދާ ދޭތެރޭ އެއްވެސް މައްސަލައެއް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ.
މިހާރު ކުރިއަށްދާ ރައީސްގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޞާލިހު ވިދާޅުވީ "ވެންޓިލޭޓަރަކަށް އަޅުގަނޑުމެން ދޭތެރެއަކަށް ނުވަދެވޭނެ" ކަމަށެވެ.
"ވެންޓިލޭޓަރަކަށް ނުވަދެވޭނެ އަޅުގަނޑުމެންގެ ދެ މީހުންގެ ދޭތެރެއަކަށް. އެކަމަކު ރައީސް ނަޝީދާ އަޅުގަނޑާ ހިޔާލު ތަފާތުވާ ކަންކަން އަންނާނެ. އެކަމަކު ޕާޓީއަކަށް ގެއްލުންވާ އެއްވެސް ކަމެއް އަޅުގަނޑުމެން ދެ މީހުން ނުކުރާނެ." ރައީސް ޞާލިހު ވިދާޅުވިއެވެ.
އިންތިހާބުން ބޭނުންވި ނަތީޖާ ނުލިބުމުގައި ސަރުކާރު ދައުރެއް ވެސް އޮންނާނެ ކަމަށާއި، އެ ކަންކަން ހައްލު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި، ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ވެސް މައްސަލަތަކެއް ހުރިނަމަ އެކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ސަރުކާރާއި މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް އޮއްވައި، މާލެ ސިޓީއަށް މިފަދަ ބަދަލެއް އައުމުގެ އަސްލު ހޯދަން ޖެހޭ ކަމަށެވެ.
ނިމިދިޔަ އިންތިޚާބުގައި އިދިކޮޅު ޕީޕީއެމުން ވަނީ މޭޔަރާއެކު ސިޓީ ކައުންސިލްގެ ސުޕަރ މެޖޯރިޓީ ކާމިޔާބު ކޮށްފައެވެ.
ތިޔައީ ނުބުނި ނަމަވެސް އެންމއނަށް އެގޭ ޖޯކެއް. ތިއައީ އެއްގަލުން ފެހިކައިފެ އުޅޭ 2 ލަނޑާކަން އެންމެން ދަނޭ. ޥެންޓިލޢޓަރު ތަކުގެ ފައިދާ ދެމީހުނަށް ބައި އެޅުނު.
ވެންޓިލޭޓަރެއް ނޫނޭ އަސްލު މައްސަލައަކީ… ސޯލިހައް އެކަންނޭންގުމުން ވަރަށް ހައިރާންވެއްޖެ… އެހެންވީމަ ބުނެލަދޭނަން…މައިގަނޑު މައްސަލައަކީ މަަނިކުފާނު ތިހުންނަވާ މަޤާމު…އަންނި ރެއާއިދުވާލު އެދިއެދި އެހުންނަނީ ވެރިކަންބޭނުންވެފަ…ދެން އެހާބޭނުންކަމެއް އިބޫބަޑީ އަށް ދީގެން ހުންނާކަށް އޭނައަށް ފުރިހަމަނިދިވެސް ނުނިދޭއްނު…އަދި ހަމަ އެބަތިބި އޭގެ ދެމީހުން ހަމަ އުންމީދުއުކޮށްލައިގެ ހިއްކިޔަ ކިޔާ އެކަމަށް… ޤާސިމާ މަޢުމޫނު.