Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކޮވިޑް-19: އޭދަފުށިން 5 މީހަކު ފައްސިވެއްޖެ

ކޮވިޑް-19: އޭދަފުށިން 5 މީހަކު ފައްސިވެއްޖެ

ބ. އޭދަފުށިން ފަސް މީހަކު ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި އޭދަފުށިން ފައްސި ވެފައި ވަނީ ހޯމް ކަރަންޓީނުގައި ތިބި ބައެކެވެ.

އަތޮޅު ހޮސްޕިޓަލާ ޙަވާލާ ދެއްވައި އެރަށު ކައުންސިލުން ބުނެފައި ވަނީ، މި 5 މީހުން ކޮވިޑަށް ފައްސި ވީކަން އެނގުނީ އެމީހުން ހޯމް ކަރަންޓީނުގެ 10 ދުވަހުގެ މުއްދަތު ފުރިހަމަ ކުރުމަށް ފަހު ނެގި ރިލީސް ސާމްޕަލުން ކަމަށެވެ.

Advertisement
HDC — Sidebar (box)

އޭދަފުށިން ފައްސިވީ މީހުންގެ ތެރޭގައި ހިމެނީ 2 ކުޑަކުދިންނާއި ދެ ފިރިހެނަކާއި އަންހެނެކެވެ. މައުލޫމާތު ލިބޭ ގޮތުގައި ކުޑަ ދެ ކުދިންނާއެކު އެކުދިންގެ މަންމައާއި ބައްޕަ ވެސް ކަރަންޓީންގައި ތިބީ އެއް ގެއެއްގައެވެ.

އޭދަފުށީގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު އެހެން މީހަކު ވެސް ވަނީ މި މަސް ތެރޭގައި ކޮވިޑް-19އަށް ފައްސި ވެފައެވެ.

މިއަދު ފައްސިވި 5 މީހުންނާއެކު އެރަށުން މިހާތަނަށް 36 މީހަކު ވަނީ ކޮވިޑަށް ފައްސި ވެފައެވެ. މީގެ ތެރެއިން 30 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް