ޚަބަރު ރައްޔިތުންގެ މަޖިލިސް

ރެވެނިއު ސްޓޭންމްޕު ޖެހުން އުވާލުމުގެ ބިލް ބަލައިގަނެ މަޖިލީހުގެ ކޮމެޓީއަށް

މުޙައްމަދު ޝިފާއު ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލިސް/ ފޮޓޯ: މަޖިލިސް

އެކިއެކި ކަހަލަ ލިޔުންތަކުގައި ޖެހުމަށް ބޭނުންކުރާ ރެވެނިއު ސްޓޭމްޕު ޖެހުން އުވާލުމަށް ހުށަހެޅުނު ބިލް މަޖިލީހުން ބަލައިގަނެ، އިތުރަށް ދިރާސާ ކުރެއްވުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުއްވައިފިއެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލީހަށް މި ބިލް ހުށަހެޅުއްވީ، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި މެޖޯރިޓީ ލީޑަރު އަލީ އާޒިމްއެވެ. އަލީ އާޒިމް ހުށަހެޅުއްވި މި ބިލާ ގުޅޭގޮތުން މަޖިލީހުގެ ތަޅުމުގައި މިއަދު ނެގި ވޯޓުގައި އެ ބިލް ކޮމެޓީއަށް ފޮނުވަން 55 މެމްބަރަކު ވަނީ ވޯޓު ދެއްވައިފައެވެ.

ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނަށް 1970 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުންދާއިރު، ރެވެނިއު ސްޓޭމްޕް ޖެހުމުގެ ނިޒާމު ހިންގުމަށް މިހާރު ހިނގާ ހަރަދާ ބަލާއިރު އެކަމުގެ ތެރެއިން އެކަށީގެންވާ އާމްދަނީއެއް ލިބެމުން ނުދާ ކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި ރެވެނިއު ސްޓޭމްޕް ޖެހުން ހުއްޓާލިޔަސް ދައުލަތުގެ އެކިއެކި އިދާރާތަކުން ފޯރުކޮށްދޭ ހިދުމަތްތަކުން ނަގާ ފީއިން ވެސް ރަނގަޅު އާމްދަނީއެއް ލިބޭކަމަށް ވެސް ވަނީ ސަރުކާރުން ވިދާޅުވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!