ޚަބަރު

ދިވެހިބަހުގެ އެކެޑަމީ ވެސް ޓިކްޓޮކަށް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ދިވެހިބަހުގެ އެކެޑަމީގެ ރަސްމީ ޓިކްޓޮކް އެކަައުންޓް އިފްތިތާހު ކޮށްފިއެވެ.

Ads by STELCO

ދިވެހިބަހުގެ ދުވަހާ ގުޅިގެން ބޭއްވި ޚާއްސަ ހަރަކާތެއްގައި ބަހުގެ އެކެޑަމީގެ ޓިކްޓޮކް އެކައުންޓް އިފްތިތާހު ކޮއްދެއްވީ އެ އެކެޑަމީގެ ރައީސް އަޝްރަފް އަލީއެވެ.

ބަހުގެ އެކެޑެމީގެ ޓިކްޓޮކް އެކައުންޓުގައި މިހާރު ވެސް ވީޑިއޯތަކެއް ހިއްސާ ކޮށްފައިވެއެވެ. މި ވީޑިއޯ ތަކުގައި ފެންނަނީ ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ އެ އެކެޑެމީގެ މުހިންމު ބައެއް ތަންތަން ދައްކާލާ މަންޒަރެވެ. އެގޮތުން އެކެޑެމީގެ ފޮތް ފިހާރަ އާއި ކުތުބުޚާނާ ފަދަ ތަންތަން ވަނީ ދައްކާލާފައެވެ.

މިއަދަކީ ދިވެހި ރާއްޖޭގައި ޒަމާނުއްސުރެ ފާހަގަ ކުރާ ދިވެހި ބަހުގެ ދުވަސް ކަމަށް ވުމާއެކު އެ އެކެޑަމީން ވެސް ވަނީ ޚާއްސަ ޖަލްސާއެއް ބާއްވާފައެވެ.

މި ޖަލްސާގައި ފަންނާއި ސަގާފަތާއި ތަރިކައިގެ ވުޒާރާގެ ވަޒީރު އަލްފާޟިލާ ޔުމްނާ މައުމޫން އަދި ސްޓޭޓް މިނިސްޓަރ އަލްފާޟިލް އަޙްމަދު ތާރިޤާއި އެ ވުޒާރާގެ ވެރީން ބައިވެރިވެވަޑައިގެންނެވިއެވެ

ދިވެހިބަހުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިވެހިބަހުގެ އެކެޑެމީން ވަނީ ދިވެހިބަސް ޓެކްނޮލޮޖީއާ ރައްޓެހި ކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން "އިއްވި ލިޔަނި" "ލިޔަނި އިއްވި" މި ނަމުގައި ޚާއްޞަ އެޕެއް ވެސް އިފްތިތާހު ކޮށްފައެވެ

މި ފަހަކަށް އައިސް ސަރުކާރުގެ ރަސްމީ އިދާރާތަކުން ވަނީ ޓިކްޓޮކް ބޭނުން ކުރަން ފަށައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!