Thursday, 29 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ވެކްސިންގެ ދެ ޑޯޒަށް ފަހު ދޭނެ ލުއިތައް ހާމަކުރަނީ

ވެކްސިންގެ ދެ ޑޯޒަށް ފަހު ދޭނެ ލުއިތައް ހާމަކުރަނީ

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒަށް ފަހު ދޭނެ ލުއިތައް އިއުލާން ކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ހާމަކޮށްފިއެވެ.

އެޗްއީއޯސީން ވިދާޅުވީ ކޮވިޑް-19 ވެކްސިން ދެ ޑޯޒް ޖެހުމަށް ފަހު ލުއިތައް ދޭނެ ކަމަށާއި އެކަމާމެދު  މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން ކުރިޔަށްދާ އިރު މިހާރު ރާއްޖެއިން 25000 އަށް ވުރެ ގިނަ މީހުން ވަނީ ފުރިހަމަކޮށްފައެވެ. ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ދިނުން ރާއްޖޭގައި މިމަހު ތިން ވަނަ ދުވަހު ފަށާފައިވާ އިރު ވެކްސިން ޖެހުމަށް މާލޭ ސަރަޙައްދުގައި ވަނީ ނުވަ ސެންޓަރެއް ގާއިމު ކޮށްފައެވެ. ރާއްޖޭގައި ކޮވިޑް 19އާ ދެކޮޅަށް މިހާރު ކޮވިޝީލްޑްގެ އިތުރުން ސިނޮފާމް ވެކްސިން އަދި ފައިޒާ ވެކްސިން ވެސް ބޭނުންކުރެއެވެ.

Advertisement
Ooredoo — Square (box)

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް މިހާރު ގިނަ ލުއިތަކެއް ދީފައިވާއިރު މާލޭގައި އިއުލާން ކުރި ކާފިއު ވެސް ވަނީ އުވާލާފައެވެ. އަދި ޕާކުތަކާއި މައިޒާންތައް ވެސް އަލުން ވަނީ ހުޅުވައިފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް