އޯޑަރު ކުރީ އާފަލެއް، ލިބުނީ އައިފޯނެއް
އޮންލައިންކޮށް ވިޔަފާރި ކުރަން ފެށުމާއެކު ގިނަ ބަޔަކަށް އެންމެ އުނދަގޫވި ކަމަކީ އޯޑަރު ކުރާ އެތި ނޫން އެހެން އެއްޗެއް ލިބުމެވެ. އެގޮތުން ގަތް އެތި ނޫން އެހެން އެއްޗެހީގެ އިތުރުން ބައެއް ކުޅޭ އެއްޗެހި ވެސް ލިބިފައިވެއެވެ. މިއިން ކޮންމެ ފަހަރެއްގައި ވެސް ކަން ނިމެނީ މާޔޫސްކަމާއެކުގައެވެ. ނަމަވެސް މިފަދަ އެކަކަށް ބަދަލުގައި ލިބުނީ އޭނާއަށް އުފާވެރިކަން ގެނެސްދިން އެއްޗެކެވެ.
ނިކް ޖޯންސް ނަމަކަށް ކިޔާ އެމެރިކާ މީހަކު ޓެސްކޯއިން އޯޑަރު ކުރި އެއްޗެހި ލިބުނުއިރު އޭގެ ތެރޭގައި އޮތީ އެޕަލް އައިފޯނެކެވެ. އޭނާ ބުނި ގޮތުގައި ބުދަ ދުވަހު އޭނާ އޯޑަރު ކުރި އެއްޗެހި ލިބުނުއިރު އޭގެ ތެރޭގައި އޮތީ މޭބިސްކަދުރާއި ޕާނާއި އެހެނިހެން ބައެއް ކާތަކެތީގެ އިތުރުން އައިފޯނު އެސްއީގެ ފޮށްޓެވެ.
އޭނާ ބުނީ އޭނާ އޯޑަރުކުރީ އާފަލަކަށް ކަމަށާއި ނަމަވެސް ފޯނު ލިބުމުން ވަރަށް އުފާވި ކަމަށެވެ. އޭނާ ވަނީ ޓެސްކޯއަށް ޝުކުރުއަދާކޮށް ޓްވީޓު ވެސް ކޮށްފައެވެ.
ޓެސްކޯއިން ބުނި ގޮތުގައި އައިފޯނު ފޮނުވާފައި ވަނީ އޮޅުމަކުން ނޫން ކަމަށާއި އެއީ ޓެސްކޯއިން ކުރިއަށް ގެންދާ ސުޕަ ސަބްސިޓިއުޝަން ޕްރޮމޯޝަންގެ ދަށުން ދިން ހަދިޔާއެއް ކަމަށެވެ.