Saturday, 31 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ސޯޝަލް ސެންޓަރަށް ވެކްސިން ޖަހަން ދިޔަ މީހުންގެ ކިޔޫ، ތާޖުއްދީނާ ހަމައަށް!

ސޯޝަލް ސެންޓަރަށް ވެކްސިން ޖަހަން ދިޔަ މީހުންގެ ކިޔޫ، ތާޖުއްދީނާ ހަމައަށް!

ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ދިޔަ މީހުން މިރޭ އިންތިހާއަށް ގިނަކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް މިރޭ ސޯޝަލް ސެންޓަރަށް ދިޔަ މީހުންގެ ކިޔޫ، އެ ސެންޓަރުން ފެށިގެން ތާޖުއްދީނު ސްކޫލާ ހަމައަށް ދަމާލައިފައިވާ ކަމަށް އެ ސަރަޙައްދުގައި ހުރި "ދެން" ގެ ރިޕޯޓަރ ޢާލިމް ޢަބްދުއްލަތީފް މައުލޫމާތު ދީފައިވެއެވެ.

[caption id="attachment_79800" align="alignnone" width="1280"]<img class="wp-image-79800 size-full" src="https://cdn.dhen.mv/wp-content/uploads/2021/04/social-centre-1.jpg" alt="" width="1280" height="960" /> ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ސޯޝަލް ސެންޓަރަށް ދިޔަ މީހުންގެ ކިޔޫ/ ދެން އިމޭޖްސް: ޢާލިމް ޢަބްދުއްލަތީފް[/caption]

Advertisement
Ooredoo — Square (box)

އެތަނުން ކިޔުގައި ހުރި މީހަކު "ދެން" އަށް މައުލޫމާތު ދިން ގޮތުގައި އޭނާ ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ކިޔު އަށް އެރީ މިރޭ 8:00 ހާއިރެވެ.

މި ރަމަޝާން މަހު ވެކްސިން ޖަހަން ފެށުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވަނީ ރޭގަނޑު 9:00އިން 11:45 އަށެވެ.

ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދެވޭނެ ސެންޓަރުތައް:

▪︎ ސޯޝަލް ސެންޓަރ
▪︎ ނޭޝަނަލް އާޓް ގެލެރީ
▪︎ ރައްޔިތުންގެ މަޖިލިސް
▪︎ ހުޅުމާލެ ވެކްސިނޭޝަން ސެންޓަރ (ހުޅުމާލެ ފްލޫ ކްލިނިކް)
▪︎ ވިލިމާލެ ޒުވާނުންގެ މަރުކަޒު
▪︎ ސެނަހިޔާ

ސިނޮފާމް ވެކްސިން ޖަހައިދޭ ސެންޓަރު:

▪︎ ޓްރީޓޮޕް ހޮސްޕިޓަލު

ވެކްސިންގެ ދެވަނަ ޑޯޒް ޖެހޭނެ ފަރާތްތަކަކީ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް ފަހު 8 ހަފްތާވެފައިވާ މީހުންނެވެ. ސިނޮފާރމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިދިނުމަށް ހަމަޖެހިފައި ވަނީ ޓްރީޓޮޕް ހޮސްޕިޓަލުންނެވެ. މި ވެކްސިން ޖެހޭނީ އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް