Thursday, 29 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޓޫރިޒަމް ދާއިރާގެ 33،000 އަށް ވުރެ ގިނަ މީހުންނަށް ވެކްސިން ދީފި

ޓޫރިޒަމް ދާއިރާގެ 33،000 އަށް ވުރެ ގިނަ މީހުންނަށް ވެކްސިން ދީފި

ޓޫރިޒަމް ދާއިރާގެ ފްރަންޓް ލައިންގައި މަސައްކަތް ކުރާ 33،000 އަށްވުރެ ގިނަ މީހުންނަށް ވެކްސިން ދެވިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް 33،638 މީހުންނަށް ވެކްސިން ދީފައި ވެއެވެ. ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ ފްރަންޓްލައިން ސްޓާފުންނަށް ވެކްސިން ޖެހުމުގެ ޕްރޮފްގްރާމެއް ފަށައިފައި ވަނީ މިދިޔަ މަހުއެވެ.

މިހާތަނަށް ރާއްޖެއިން ދެވަނަ ޑޯޒް ޖަހައިފައި ވަނީ ޖުމްލަ 34،531 މީހުންނެވެ. އަދި ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 277،522 އަށް އަރައިފައެވެ.

Advertisement
Allied — Dhen Online (box)

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ދިނުން ރާއްޖޭގައި ފަށައިފައި ވަނީ މިމަހު ތިން ވަނަ ދުވަހުއެވެ. ކޮވިޝީލްޑްގެ އިތުރުން ސިނޮފާމް ވެކްސިން އަދި ފައިޒާ ވެކްސިން ވެސް ރާއްޖޭގައި މިހާރު ބޭނުން ކުރެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް