އިންޑިއާގެ ކޮވިޑް-19 ވެކްސިން ކާޑުގައި މޯދީގެ ފޮޓޯ ޖަހައިފައި ހުންނާތީ ފާޑުކިޔުން އަމާޒުވެއްޖެ
އިންޑިއާގެ ކޮވިޑް-19 ވެކްސިން ކާޑުގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ފޮޓޯ ޖަހާފައި ހުންނާތީ އެކަމަށް ގިނަ ބަޔަކު ފާޑުކިޔައިފިއެވެ.
މިކަން ގިނަ ބައެއްގެ ސަމާލުކަމަށް ގެނެސްފައި ވަނީ މަހަރާޝްތްރާގެ މިނިސްޓަރު ނަވާބު މަލިކު އެކަމަށް ފާޑުކިޔުމާ ގުޅިގެންނެވެ. ނަވާބް މަލިކު ބުނީ ވެކްސިނޭޝަން ކާޑުގައި މޯދީގެ ފޮޓޯ ޖަހާނަމަ، ކޮވިޑް ޖެހިގެން މަރުވާ މީހުންގެ މަރު ސެޓްފިކެޓުގައި ވެސް މޯދީގެ ފޮޓޯ ޖަހަން ޖެހޭނެ ކަމަށެވެ.
އަދި ވެކްސިންގެ ކްރެޑިޓު މޯދީ ނަގާނަމަ މަރުވާ މީހުންގެ ޒިންމާ ވެސް މޯދީ ނަގަން ޖެހޭނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.
އޭނާ އިތުރަށް ވަނީ އިންޑިއާގައި ކޭސްތައް އިންތިހާއަށް އިތުރުވަމުން އަންނައިރު ސަރުކާރުން އެކަމަށް އެދެވޭ ފިޔަވަޅުތަކެއް އަޅައިފައި ނުވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ނަވާބު މަލިކު މިހެން ބުނެފައި މިވަނީ އިންޑިއާގައި ކޮވިޑް-19ގެ ކޭސްތައް އެއްދުވަހުގެ ތެރޭގައި އެންމެ ގިނަ ވެފައިވާ ދަނޑިވަޅުގައެވެ. އެގޮތުން އެގައުމުން ވަނީ އެއް ދުވަސް ތެރޭގައި ހަތަރު ލައްކަ މީހުން ކޮވިޑް-19 އަށް ފައްސިވެ 1300 އަށް ވުރެ ގިނަ މީހުން މަރުވެފައެވެ.
ބީބީސީން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އިންޑިއާގައި އަނެއްކާވެސް ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެން ފަށައިފައި މިވަނީ އެ ޤައުމުގައި މި ބަލި ފެތުރުން ކޮންޓްރޯލު ކުރުމުގައި ފަރުވާ ކުޑަ ކުރުމުންނެވެ. އެގޮތުން ބޮޑެތި ފިހާރަތައް އަލުން ހުޅުވުމާއި، އޮފީސްތައް ހުޅުވުމުގެ އިތުރުން ދަތުރުފަތުރު ކުރުން ވެސް ފުލް ކެޕޭސިޓީގައި ކުރަމުން ދިޔަކަން ފާހަގަ ކޮށްފައިވެއެވެ. އޭގެ އިތުރުން ބޮޑެތި ކައިވެނީގެ ޙަފްލާތަކާއި އެހެނިހެން ޙަފްލާތައް ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަކާ ނުލައި ބޭއްވި ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.
މަބުނީމޭ އޭރުވެސް މޯދީގެ ފޮޓޯ ނުޖަހާ ގެރިއެއްގެ ފޮޓޯ ޖަހާށޭ. ގެރިއެއްގެ ފޮޓޯ ޖެހިނަމަ ވެކްސިން ކާޑަށް އަޅުކަން ކުރަންންނ ްެްެްެ އެވެރިން ތިބޭނެ
އޭނަގެ ފޮޓޯޖަހާނެނު އެގައުމުގެ މީހުންނަށް ކޮވިޑް ޖެއްސުމުގެ މުގުލުގަހުރީ އެކަލޭގެވިއްޔާ