Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރައީސް ނަޝީދު، ރައީސް ޞާލިޙް އަރިހުން އެ އެދިވަޑައިގަތީ އިސްތިއުފާ ދެއްވަން: މަލީޙް

ރައީސް ނަޝީދު، ރައީސް ޞާލިޙް އަރިހުން އެ އެދިވަޑައިގަތީ އިސްތިއުފާ ދެއްވަން: މަލީޙް

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ވެސް ރައީސް މުޙައްމަދު ނަޝީދު، ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަރިހުން އެ އެދިވަޑައިގަތީ އިސްތިއުފާ ދެއްވުމަށް ކަމަށް ކުރީގެ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލު ވިދާޅުވެއްޖެއެވެ.

މަލީހް މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް، ބޮޑުވަޒީރުކަން ދެއްވުމަށް ރައީސް ނަޝީދު، ރައީސް ޞާލިޙުގެ އަރިހުން އެދިވަޑައިގަތުމާ ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައެވެ.

މަލީޙު ކުރެއްވި އެ ޓްވީޓްގައި ވިދާޅުވީ ރައީސް ނަޝީދު ހުންނެވީ ހަގީގަތުގައި ވެސް ވެރިކަމަށް ފެން ބޮވައިގެންފައި ކަމަށެވެ.

Advertisement
HDC — Sidebar (box)

"ސަރުކާރު ހިންގާ ޕާޓީގެ ސުޕަރ މެޖޯރިޓީ މަޖިލީހުގެ އޮވެ އެޕާޓީގެ ފަރާތުން މަޖިލިސް ރައީސަކަށް ހުރި ބޭފުޅާ ރައީސުލް ޖުމްހޫރިއްޔާ އަރިހު ރީތި ބަހުން އިސްތިއުފާ ދެއްވާށޭ މި ވިދާޅުވަނީ. އަދި ތިމަންނާޔާ ވެރިކަން ހަވާލުކުރާށޭ ބުނީމަ އެހުރީ ހަމަ ހަޤީޤަތުގައި ވެސް ވެރިކަމަށް ފެން ބޮވާފަ" މަލީޙު ވިދާޅުވިއެވެ.

https://twitter.com/maleehjamal/status/1383900549473398787?s=20

ރައީސް ޞާލިޙަށް އިއްޔެ ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ އެއްފަރާތްވެވަޑައިގެން ނުހުންނަވައި، ބޮޑުވަޒީރުގެ މަގާމަށް ވަޑައިގެން ގައުމު ހިންގަވަން ބޭނުންފުޅުވާ ކަމަށެވެ. އަދި އެކަމުގައި ރައީސްއާ މަޝްވަރާ ކުރައްވަން ބޭނުންފުޅުވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ފޮނުއްވި މެސެޖުގައި އިތުރަށް ވިދާޅުވެފައި ވަނީ އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ވެރިކަމުގެ ނިޒާމް ބަދަލުކޮށް މަޖިލީހުން ސަރުކާރު އެކުލަވާލުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ރިޔާސީ އިންތިހާބު 2023 ގައި ނުބޭއްވުމަށް ވެސް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ޖެހިގެން އަންނަ 2024 ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ދާ އިރު ގާނޫނުގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމަށް ވެސް އެމަނިކުފާނު ހުށަހަޅުއްވައިފައި ވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް