ޓެކްނޮލޮޖީ

މާސްގައި ފުރަތަމަ ފަހަރަށް ހެލިކޮޕްޓަރު އުދުއްސާލައިފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އެމެރިކާގެ ޖައްވީ އިދާރާ، ނާސާއިން ފުރަތަމަ ފަހަރަށް އެހެން ޕްލެނެޓެއްގައި ހެލިކޮޕްޓަރެއް ދުއްވައިފިއެވެ.

Ads by Hajj Corporation

އިންޖެނުއިޓީގެ ނަން ދީފައިވާ މި ކުޑަ ޑްރޯން ނާސާގެ ޖައްވުގައި އުދުހިފައި ވަނީ އެންމެ މިނެޓަކަށެވެ. ނަމަވެސް ނާސާއިން ބުނާ ގޮތުގައި މިއީ އެފަރާތަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. ސަބަބެއް ކަމުގައި ބުނެފައި ވަނީ މިއީ ދުނިޔޭގައި ތިބެގެން އެހެން ޕްލެނެޓެއްގައި އުޅަނދެއް ކޮންޓްރޯލް ކުރި ފުރަތަމަ ފަހަރަށް ވާތީއެވެ.

ނާސާއިން ބޭނުން ވަނީ އިންގެނުއިޓީގެ އިތުރު އުދުހުންތައް ކުރިޔަށް ގެންދާށެވެ. އަދި މި އުދުހުންތަކުގައި އެ އުޅަނދަށް ދަތުުރު ކުރެވޭނެ އެންމެ އުސްމިނާއި ދަތުރު ކުރެވޭނެ ރޫޓްތައް ބަލަން ނާސާއިން ބޭނުންވެއެވެ.

އިންޖެނުއިޓީ މާސްއަށް ފޮނުވައިފައި ވަނީ މިދިޔަ ފެބްރުއަރީ މަހު އެ ޕްލެނެޓަށް ތިރި ކުރި މާސްގެ ޕާސިވެރަންސް ރޯވާގައެވެ.

"މިއީ ވަރަށް ކުރިން ދެކެވުނު ވާހަކައެއް. ރައިޓް ބްރަދަރސް (މަތިންދާ ބޯޓް އީޖާދް ކުރި ފަރާތް)ގެ އެހެން ޕްލެނެޓް މޮމެންޓެއް މިއީ. ތާރީޚީ ވަގުތުކޮޅެއް މިއީ" އިންޖެނުއިޓީ ޕްރޮޖެކްޓްގެ މެނޭޖަރ މިމީ އުންގް ބުނެފައިވެއެވެ.

އިންޖެނުއިޓީ މާސްގައި އުނދުއްސާލުމަށް ގިނަ ގޮންޖެހުންތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. މިގޮތުން މާސްކްގެ ވައިގެ ޑެންސިޓީ ހައިވުމުގެ ސަބަބުން، މައްޗަށް އުދުއްސުމަށް ގިނަ ހަކަތަ ބޭނުން ވެއެވެ. އިންޖެނުއިޓީ ފަރުމާކޮށްފައި ވަނީ މި ކަންކަމަށް ބަލައިގެންނެވެ. މި ގޮތުން އިންޖެނުއިޓީގެ ބުރަފަތީގައި މިނެޓަކު 2،500 ރޮޓޯޝަން ޖެހުމުގެ ބާރު އޮވެއެވެ. އަދި އިންޖެނުއިޓީ އުފައްދާފައި ވަނީ ވަރަށް ލުއިކޮށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!