ދިވެހި ސިނަމާ

އައްޒައަށް 23 ތަ؟ 32 ތަ؟

ދެން އެމްވީ ، ދެން އޮންލައިން

މިއަދަކީ ރާއްޖޭގެ މަޝްހޫރު ފިލްމީތަރި މަރިޔަމް އައްޒައަށް ވަރަށް އުފާވެރި ދުވަހެކެވެ. މިއަދަކީ އޭނާގެ އުފަން ދުވަހެވެ.

Ads by STELCO

އައްޒައަކީ ރާއްޖޭގެ ފިލްމީ ތަރިންނަށް ބަލާއިރު، އެންމެ ވަރުގަދަ ފޭންބޭސްއެއް އޮންނަ އެއް ފަންނާނެވެ. އެހެންކަމުން އުފަން ދުވަހުގެ މުނާސަބަތުގައި އައްޒައަށް އެތައް ބަޔަކު ފޮނުވި "ވިޝް"ތައް އޭނާ ވަނީ މީސްމީޑިއާގެ ސްޓޯރީއަށް ލައިފައެވެ. އޭގެ ތެރޭގައި އެންމެ ފާހަގަ ކޮށްލެވުނީ އައްޒަގެ އުފަން ދުވަސް ފާހަގަ ކޮށްދިނުމުގެ ގޮތުން ފިރިމީހާ ޢަބްދުﷲ މުއާޒް އާއި ދައްތަ އައިޝަތު ރިޝްމީ، ބާއްވައި ދީފައިވާ ޕާޓީއާއި އެ މީހުންނާއެކު ނަގާފައިވާ ފޮޓޯތަކެވެ.

އުފަން ދުވަހުގެ މުނާސަބަތުގައި ޕާޓީއެއް ބާއްވާފައިވާއިރު، ލޮލުގައި އެންމެ އަޅައިގަން އަނެއް ވީޑިއޯއަކީ، އައްޒަ އޭނާގެ ޓިކްޓޮކްގައި ހިއްސާ ކޮށްފައިވާ ކުރު، އެހެން ނަމަވެސް ބަލައިލަން ވަރަށް މަޖާ ވީޑިއޯ ކޮޅެކެވެ.

އެ ވީޑިއޯ ކޮޅުން ފެންނަނީ 2 (ދޭއް) އާއި 3 (ތިނެއް) ނަންބަރުގެ ދެ ފުއްޕާހަން ދެ މީހަކު ބަދަލު ކުރާތަނެވެ. އެގޮތުން ވީޑިއޯއިން ފުރަތަމަ ފެންނަނީ އެ ދެ ފުއްޕާހަން 23 ގެ ގޮތުގައި ފެންނަ ތަނެވެ. އެކަމާ އައްޒަ ވަރަށް އުފާވާ މަންޒަރު ދައްކައެވެ. ނަމަވެސް އިރުކޮޅަކުން އެ ނަންބަރުތައް 32 އަށް ބަދަލު ކޮށްލުމުން އޭނާ ނޫނެކޭ ބުނާ މަންޒަރު ވެސް ފެނެއެވެ.

މަޖާޒީ ގޮތަކަށް ކުޅެފައިވާ މި ވީޑިއޯ އެތައް ބަޔަކަށް ކަމުދިޔައެވެ. އޭގެން ވެސް ދައްކުވައި ދިނީ އައްޒަގެ މަޖާ ކަމާއި ކޮންމެ ދަނޑިވަޅެއްގައި ވެސް މީހުން ހެއްވާލަން ބޭނުންވާ ކަމެވެ.

  1. ކަލޯ

    އޭގެން އަންގަދެނީ އައްޒަ މުސްކުޅިކަން ބަލައިގަންނަން ބޭނުން ނުވާކަން