ޚަބަރު

ދިވެހިންގެ އިހުމާލު: މާލޭގެ މަގުމަތިން އަންހެނަކު ދަމާ ކޫތަމުން ގެންދިޔަ އިރުވެސް ތިބީ ބަލަން

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ސަރުކާރުގެ އިހުމާލުންނެވެ. ފުލުހުންގެ އިހުމާލުންނެވެ. ނޫނީ ދެން ވެސް ކޮންމެވެސް އިދާރާއެއްގެ އިހުމާލުންނެވެ. މިއީ އަހަރެމެން ދިވެހިންގެ އަނގަމަތީ ބަހެކެވެ. ނަމަވެސް މިއީ އަހަރެމެންނަށް އަބަދު ދެއްކޭނެ "އެކްސްކިއުޒް"އެއް ނޫނެވެ. މާލޭގެ ކާރޫބާރޫ ބޮޑު މަގަކުން ދިޔަ އަންހެން ކުއްޖަކު "އުފުރާލައިގެން" ގެންގޮސް އަދިރި ގޯޅިއަކަށް ވެއްދިއިރު، އެމަންޒަރު ބަލަން ތިބެފައި އިހުމާލުގެ ވާހަކަ ދެއްކޭނެ ޖާގައެއް ނޯންނާނެއެވެ.

Ads by STELCO

މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ހިނގި ރޭ މާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލަ މިހާރު ފުލުހުން ތަޙްޤީޤް ކުރަމުން އަންނައިރު، އެ އަންހެން މީހާ މަގުމަތިން ދަމާފައި ގޯޅިގަނޑެއްގެ ތެރެއަށް ވައްދަން އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ވަނީ އާއްމުވެފައެވެ.

މިކަން ހިނގާފައި ވަނީ މާފަންނު ލެމަން ގްރާސް ކައިރިން ރޭގަނޑު 8:20 އިރުއެވެ. މިކަމެއް ހިނގިއިރު ލެމަން ގްރާސްއާ ޖެހިގެން ހުންނަ އީދު މިސްކިތުން ބޭރުގައި ގިނަ ބަޔަކު ސަފުތައް ހަދައިގެން ނަމާދަށް ތިއްބެވެ. ވީޑިއޯއިން ފެންނަނީ މާފަންނު ލެމަން ގްރާސް ކައިރިން އަންހެން ކުއްޖާ އަތުގައި ހިފައިގެން ދަމާފައި ކަހަލަ ގޮތަކަށް ފިރިހެނަކު ދާ މަންޒަރެވެ. އަދި ފަހަތުން އިތުރު ފިރިހެނަކު ހިނގާފައި ދިޔައިރު، މަގުމަތީގައި އެވަގުތު ބަޔަކު ތިބި މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި މިއަންހެން މީހާ އެ ފިރިހެން މީހާގެ ކިބައިން ސަލާމަތްވާ އުޅުމުގެ ތެރޭގައި ބިންމައްޗަށް ވެއްޓެއެވެ. ބިންމައްޗަށް ވެއްޓުނު ވަގުތު އެތާ ކައިރީ ސައިކަލެއްގައި ދެ މީހަކު ތިއްބެވެ. ނަމަވެސް އެދެމީހުން އަޅައެއް ނުލިއެވެ. ދެން ފެންނަނީ، ދެ ފިރިހެނުން ވެގެން އަންހެން މީހާގެ ކޮނޑާއި ދެ ފައިގައި ހިފައި ގަދަބާރުން އަންހެން ކުއްޖާ އުފުއްލާލައިގެން ގޯޅިގަނޑު ތެރެއަށް ވައްދާ މަންޒަރެވެ. މިއީ ރޭޕް ކުރަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ ދެ މީހުންނެވެ.

މިމައްސަލައިގައި ފުލުހުން ވަނީ 23 އަަހަރުގެ މީހަކާއި 18 އަހަރުގެ މީހަކު ހައްޔަރު ކޮށްފައެވެ.

  1. ޢަބްދު

    މިހާރުގެ ޒުވާނުން ނާ ކުރިމަތި ނުލެވޭނެ ކޮންމެ ކޮންމެ މީހަކަށް .. ކަރަށް ވަޅި އަންނާނީ.. އެހެން ވީމާ ބައެް މީހުން ނަށް ބަލަން ތިބެ ރިޕޯޓު ކުރެވޭނީ

  2. ޥަަނުވަ

    ޜަނގަޅަހް ބަލާއިރު އެންމެން ތިބީ ބޮއެގެން

  3. މުހަންމަދު

    އާމުން ކުޅިބަލަން ތިބެންޖެހެނީ ކުށްވެރިންނަށް ހިމާޔަތް ލިބި، މިފަދަ ކަންކަމަށް ކުރިމަތިލާ އާންމު މީހާއަށް ހިމާޔަތް ނުލިބޭތީ. ހުރިހައި ންރައްކަލެއް ކުރިމަތި ވަނީ އާންމު މީހާއަށް. އެފަދަ ކުށްވެރިންގެ ފަހަތުގައި ސަރުކާރުގެ ތިންހަތަރު ވެރިން ހިމާޔަތުގައި ތިބޭނެ. ފުލުހުންގެ އިދާރާއަށް ގެންދިޔަޔަސް އެފަދަ މީހުން ގިނަ ފަހަރު ވަނީ ދޫ. މިދާކަށް ދުވަހު ރ. މަޑުއްވަރީގައި ހިނގި ހާދިސާއަށް ބަލައިލަބަލަ. އާމުން ހައްޔަރު ކުރި އިރު ކުށްވެރިން ތިބީ އެހިސާބަށް ދިޔައިރުވެސް ހައްޔަރު ނުކޮށް. ދެން އާމުން ފަޟީޙަތްކުރުން ރީއްޗެއް ނޫން ދޯ؟