ލައިފްސްޓައިލް

މިތުރެއްގެ ކިބައިން ހެޔޮ ނަސޭހަތުގެ ބަސްކޮޅެއް ލިބުމަކީ ނިޢުމަތެކެވެ.

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ދިރިއުޅުމުގައި ދިމާވާ އެކި ކަހަލަ މުސީބާތްތަކާއި ކެރި ހުރެ ކުރިމަތި ލުމަށް ކޮންމެ މީހަކު ވެސް މަސައްކަތް ކުރަން ވާނެއެވެ. މާނައަކީ ދިމާވާ ކޮންމެ އުނދަގޫ ކަމަކީ މުސީބާތެއް ކަމުގައި ދެކިގެން ކުރިއަށް ދާށޭއެއް ނޫނެވެ. ބައެއް ކަންކަމަކީ މި ދުނިޔޭގައި އެކަލާނގެ އަޅުގަނޑުމެން އިންސާނުން އިމްތިހާނު ކުރުމަށް ޓަކައި ކުރިމަތި ކުރުވާ ކަންކަމެވެ.

Ads by STELCO

އެހެން ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ފެންނަމުންދާ މަންޒަރަކީ މީގެ މުޅިން އިދިކޮޅެވެ. އުނދަގުލަކާ ދިމާވުމުން އެކަމަކީ ދެން ސަލާމަތް ނުވެވޭނެ ކަމެކޭ ހިތާ، ވަރަށް ހިތްދަތިކޮށް ކަންވެ ނިމޭ މަންޒަރު ވެސް ފެންނަނީ މަދަކުން ނޫނެވެ. އެހެން ނަމަވެސް އެއްވެސް އިންސާނަކަށް ނުއުފުލޭނެ ބުރައެއް އެކަލާނގެ ނުޖައްސަވާނެއެވެ.

ދެން އޮތީ މައްސަލަ ހައްލު ކުރާނެ ގޮތެވެ. އެންމެ ފުރަތަމަ ވެސް ކަމެއް ދިމާވުމުން އަވަށު އެންމެންނަށް އެ ކަމެއް ވެއްޖެ ކަން އެންގުމަކީ ތިމާ އަމިއްލަ ނަފްސު ބޭޒާރުވެގެން ދާނޭ ކަމެކެވެ. އެހެން ކަމުން ވީހާ ވެސް މަދު އަދި ގާތް މީހެއް ގާތުގައި ވާހަކަތައް ހިއްސާ ކުރަން އާދަ ކުރާށެވެ. ގާތް ވެފައި އޭނާއާއެކު ތިމާގެ ވާހަކަތައް ހިއްސާ ކުރުމުގައި އޭނާގެ މައްޗަށް ތިބާގެ ފުރިހަމަ އިތުބާރު އޮންނަ މީހަކަށެވެ.

އެފަދަ ގޮތަކަށް ކަން ނިންމުނުގައި އަނެކުންގެ ޚިޔާލު ހޯދައި އަނެކުންގެ ފަރާތުން އެކަމަށް ނަސޭހަތުގެ ކުޑަ މިންވަރެއް ނަމަވެސް ލިބުމަކީ އެއީ ހާދަހާވާ ބޮޑު ނިޢުމަތެކެވެ. އެފަދަ ފުރުސަތެއް ލިބެން އިއްވާ އެ ފުރުސަތު ގެއްލުވާ ނުލާށެވެ. އެހެނީ ނަސޭހަތް އަޑުއަހައި އެ ނަސޭހަތް ގަބޫލުކޮށް އެއާ އެއްގޮތަށް ނަފްސު ބައްޓަން ކުރުމަށް މަސައްކަތް ކުރާށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!