ދެން ފުރަމަލަ

ޓިކްޓޮކުން ސްކްރީނަށް ތައާރަފްވާ ތަރިންގެ ލިސްޓަށް ޝާނާ! ނަށަމުން ޝާނާ ކިޔައިދޭ ވާަހަކަތައް!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

މިއީ މިހާރު ދިވެހީންނަށް އައު މޫނެއް ނޫނެވެ. ދިވެހީންނަށް އައު ނަމެއް ވެސް ނުމެ ނޫނެވެ. މީސްމީޑިއާގައި އެންމެ ގިނަ ބަޔަކު ބޭނުން ކުރާ އެއް މަންސަ، ޓިކްޓޮކްގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ “ޓިކްޓޮކް ސްޓާރ”އެކެވެ.

Ads by STELCO

މިއީ އުމުރުން 27 އަހަރުގެ ހުނަރުވެރި އާމިނަތު ޝާނާ ސައީދު އެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި އެތައް ބައެއް މަގުބޫލުކަން ހޯދި ގޮތާ އަދިވެސް އެފަދަ އެތައް ސުވާލުތަކެއްގެ ޖަވާބު ހޯދައިލުމަށް ޝާނާއާ ބައްދަލު ކޮށްލާ ހިތްވިއެވެ. އެ ފުރުސަތު ދިނުމުން މަޖާ އަދި ހިތްހެޔޮ މިޒާޖެއްގެ ޝާނާއާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަ ކޮށްލެވުނެވެ.

ޝާނާ ޓިކްޓޮކަށް: އެންމެ ފުރަތަމަ ވީޑިއޯ ވެސް ދަރިފުޅާއެކު

ޓިކްޓޮކަކީ މިއަދު އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބަޔަކު މުނިފޫހި ފިލުވުމަށްޓަކައި ބޭނުން ކުރާ އެޕްލިކޭޝަންއެކެވެ. އެތައް ހުނަރުވެރިންތަކެއް އުފެދިގެން އައި ތަފާތު މަންސައެކެވެ. އެހެން ނަމަވެސް ޓިކޮޓޮކް ވުޖޫދަށް އައުމުގެ ކުރިން “މިއުޒިކަލީ” ނަމުގައި ހަމަ މިފަދަ އެހެން މަންސައެއް ތަޢާރަފު ވެވިގެން ދިޔައެވެ. ޝާނާ އެންމެ ފުރަތަމަ ވީޑިއޯ ޝޫޓުކޮށް އުޅުނީ މި އެޕްލިކޭޝަން މެދުވެރިކޮށެވެ.

ޝާނާ އޭނަގެ ދަރިފުޅާއެކު

މިއުޒިކަލީ އިން އެތައް ބައެއްގެ ހުނަރުން ފުރިގެންވާ ވީޑިއޯތައް ފެނުމާއެކު ޝާނާ ބޭނުންވީ އޭގެ އަޖުމަ ބަލައިލުމުގެ ގޮތުން އެފަދަ ވީޑިއޯއެއް ތައްޔާރު ކުރާށެވެ. އެގޮތުން ޝާނާގެ އެންމެ ފުރަތަމަ ވީޑިއޯ ރެކޯޑު ކުރެވުނީ ވެސް ހަމަ އޭނާގެ ލޯބިވާ ދަރިފުޅާއެކުގައެވެ. އަދި އެއީ މިއަދާ ހަމައަށް ވެސް ޝާނާ އެކަމާމެދު ފަޚުރުވެރިވެ އެކަމާ މެދު އެފާ ކުރާ ކަމެއްކަން ޝާނާގެ ވާހަކަތަކުން އެނގުނެވެ.

ފުރަތަމަ އެއްޗެއް އަސްލު އިންނާނީ ވެސް ޑޯޓާއާ އެއްކޮށް. އަނެއްހެން ބުނަންޏާ ރެންޑަމް ކޮށް އެންމެން ވެސް ކުޅޭތަން ފެންނާތީ އައި ވޯންޓެޑް ޓު ޓްރައި ފުރަތަމަ ވެސް ޑޯޓާ އާ އެއްކޮށް.

2018 ވަނަ އަހަރު މި ދާއިރާއަށް މަރުޙަބާ ކިޔުން ވެގެން ދިޔައީ މިއަދު ޝާނާގެ ކާމިޔާބީގެ އެންމެ ބޮޑު އެއް ސަބަބަށެވެ. އޭނާ ގިނަ ބައެއްގެ ތެރެއަށް އެނގިގެން އަދި އެތައް ބައެއްގެ މެދުގައި މަގުބޫލުވެގެން ދިޔަ މެދުވެރިއަކަށެވެ.

މި ދާއިރާގައި ކުރިއަށް ދިއުމަށް ޝާނާއަށް ލިބުނު އެންމެ ބޮޑު ހިތްވަރު

ކޮންމެ ކަމަކީ ވެެސް އެކަމެއް ކުރުމަށް ވަކި ބައެއްގެ ފަރާތުން ހިތްވަރު ލިބުމުގެ ސަބަބުން އެކަން ކުރުމަށް އިތުރު ހިތްވަރެއް ލިބިގެން ދާނޭ ކަމެއްކަން ގައިމެވެ. އެ ގޮތުން ޝާނާގެ އެންމެ ބޮޑު ހިތްވަރެއްގެ ގޮތުގައި އޭނާ ފާހަގަ ކުރީ، ރައްޓެހިންގެ ފަރާތުން އޭނާއަށް ލިބެމުން ދިޔަ "ކޮމެންޓު" ތަކެވެ. ކަމެއް ރަނގަޅު ކޮށްލަން އޮތް ކަމުގައި ވިޔަސް އަދި އޭނާގެ މަސައްކަތްތަކާ މެދު އެމީިހުން ހިތްހަމަޖެހި އެކަން ފާހަގަކުރުން ވެގެން ދިޔައީ އޭނާ މި ދާއިރާއިން ކުރިއަށް ދިއުމަށް ލިބިގެން ދިޔަ ވަރަށް މުހިންމު އަސާސަކަށެވެ.

އަސްލު އެކްސްޕެކްޓެއް ނުކުރަން މިހާ ހިސާބަށް އަންނާނެ ކަމަކަށް. ދެން އެކަމް ފްރެންޑްސްގެ ފަރާތުން ވަރަށް ޕޮޒިޓިވް ކޮމެންޓްސް އައި، ކަމެއް ރަނގަޅު ކޮށްލަން އިނަސް އެމީހުން ބުނާނެ. ދެން ޝާނާ އެ އެއްޗިސް ޕޮޒިޓިވްކޮށް ނަގައިގެން އޮފިޝަލީ މި ދާއިރާއަށް އައީ.

ޓިކްޓޮކް އެކައުންޓުގައި 27،000އަށް ވުރެ ގިނަ ފޮލޯވާރސް، ކިހިނެތް؟

ޝާނާގެ ޓިކްޓޮކް އެކައުންޓުގައި ފޮލޯވަރުންގެ އަދަދު 28،000 އާ ގާތްކުރެއެވެ. އެއީ ކިހިނެތް ހޯދި ކާމިޔާބީއެއްތޯ ސުވާލު ކޮށްލީމެވެ. އެއްވެސް ވަރަކަށް ފޮލޯވާރސް ގިނަ ކުރުމަށް ޚާއްސަ މަސައްކަތެއް ކުރިތޯ ޝާނާ ކުރެން ސުވާލު ކޮށްލީމެވެ.

ޝާނާ ބުނީ ފޮލޯވަރުން ގިނަ ކުރުމުގެ ނިޔަތުގައި އެއްވެސް މަސައްތެއް ނުކުރާ ކަމުގައި އޭނާ ފާހަގަ ކުރިއެވެ. ޝާނާ ގަބޫލު ކުރާ ގޮތުގައި އޭނާ ހިއްސާ ކުރަމުން ގެންދާ ވީޑިއޯތަކަކީ ބެލުންތެރިންނަށް ކަމުދާ ވީޑިއޯތަކަކަށް ވުމުގެ ސަބަބުން އޭނާއަށް ފޮލޯވަރުން ގިނަވަނީއެވެ.

ފޮލޯވާޒް ހޯދާކަށް އެގޮތަކަށް އެއްވެސް އިރެއްގައި ޓްރައިއެއް ނުކުރަން. ޝާނާއަށް ހީވަނީ މި ލާ ކޮންސެޕްޓު ތަކުގެ ސަބަބުން ކަންނޭނގެ. ކުޑަކޮށް ނަށާލާފަ ދެން އެކްސްޕްރެޝަން ވައިބް އެއްޗިސް ވެސް ހުންނާނެ އަޅާފަ. އައި ތިންކް އޭގެން އެމީހުން އޭތި ބަލައިގެން ކަންނޭނގެ އެ ފޮލޯ ކުރަނީ. ފޯ ދަ އަޕްކަމިން ޓިކްޓޮކްސް

ޓިކްޓޮކް ފޮލޯވަރުން ހޯދުމަށް އެއްވެސް ކަހަލަ މަސައްކަތެއް ނުކުރާއިރު، އެއީ ޝާނާ ޓިކްޓޮކުގައި ހިއްސާ ކޮށްފައިވާ ވީޑިއޯތަކުގެ ސަބަބުން ބެލުންތެރިން އޭނާގެ އިތުރު ވީޑިއޯ ތަކަކަށް ބޭނުންވެފައި ވާ ކަމުގެ ނިޝާނެއް ކަމުގައި އޭނާ ސިފަ ކުރިއެވެ.

ނެށުމަކީ ވަރަށް ކުރާ ހިތްވާ ކަމެއް

ޓިކްޓޮކުން އެތައް ބައިވަރު ހުނަރުތަކެއް އަޅުގަނޑުމެންނަށް ފެނިގެންދާއިރު، ލަވަ ކިޔުމާއި، ނެށުމާއި އަދި އެކި ކަހަލަ އަޑުތަކަށް އެކްޓް ކުރުމަކީ ވެސް އެ މަންސައިިގެ ޒަރިއްޔާއިން އަޅުގަނޑުމެންނަށް ފެނިގެެންދާ ކަންކަމެވެ.

ޝާނާ އަކީ ވެސް ހަމަ އެފަދަ މޮޅު އަދި އެހާމެ ހުނަރުވެރި ނެށުންތެރިއެކެވެ. ނެށުމަކީ އޭނާ އެންމެ ކުޑަ އިރުން ފެށިގެން ވެސް ވަރަށް ކުރާ ހިތުން ކުރާ ކަމެއްކަން އޭނާ ފާހަގަ ކުރިއެވެ. އަދި ޚިތާނީ ޝޯވް ތަކާއި ސުކޫލުގައި އެކި ކަހަލަ މުނާސަބާތަކާ ދިމާކޮށް އޮންނަ ކޮންސާޓު ތަކުގައި ވެސް ޝާނާ ބައިވެރި ވަނީ ވެސް މި ސަބަބަށް ޓަކައެވެ.

އަސްލު ވަރަށް ނަށަން ދޯ. ހަމަ މިހެން އުޅޭ އިރު ވެސް ހުންނާނެ ފެމިލީ ހިތާނީ އެއްޗިސްގަ ވެސް ހުންނާނެ ވަރަށް ގަދައަށް ނަށާފަ. ސުކޫލުގައި އުޅުން އިރު ވެެސް ކޮންމެ ކޮންސާޓެއްގައި ވެސް ބަރާބަރަށް ބައިވެރިވަން

ޝާނާ ތައުލީމު ހާސިލު ކުރި ދެ ސުކޫލެއް ކަމަށްވާ އިމާދުއްދީން އަދި އަމީނިއްޔާ ސުކޫލުގެ ވެސް ކޮންމެ ކޮންސާޓެއްގައި ވެސް ޝާނާ ބަރާބަރަށް ބައިވެރިވާ ކަމުގައި އޭނާ ބުންޏެވެ.

މީހުންގެ ފަރާތުން އެކި ކަހަލަ ފާޑުކިޔުންތައް ލިބެމުން ދިޔަ، އެހެން ނަމަވެސް ފަސް ބެލުމެއް ނެތި ކުރިއަށް

ފާޑު ކިޔުމަކީ ހުނަރު ކުރިއެރުވުމަށް އިތުރު ހިތްވަރެއް ލިބިގެންދާނޭ ކަމެއްކަން ގައިމެވެ. އެގޮތުން ޝާނާއަށް ވެސް ބެލުންތެރިންގެ ފަރާތުން ހަމަ އެފަދަ ފާޑުކިޔުންތައް އަމާޒުވެގެން ދިޔައެވެ. ނުރަނގަޅު ފާޑުކިޔުންތަކާއި ހިތްވަރުދޭ ފާޑުކިޔުންތައް ޝާނާއަށް ދިޔައީ ލިބެމުންނެވެ. ނުރަނގަޅު ފާޑުކިޔުންތަކަކީ ވެސް ލިބޭނެ އަދި ލިބެން ޖެހޭނެ އެއްޗެއް ކަން ޝާނާ ގަބޫލު ކުރެއެވެ.

ނެގެޓިވް ކޮމެންޓްސް އައިމަ ހިތަށް އެރީ އުޅޭނޭ ޕޮޒިޓިވް ކޮމެންޓް ކުރާ މީހުން ވެެސް ނެގެޓިވް ކޮމެންޓް ކުރާ މީހުން ވެސް. އެކަމް ނެގެޓިވް ކޮމެންޓް ކޮށްގެން ވެސް އެ ލިބެނީ އަސްލު ކުރިއެރުމެއް. އެ އެއްޗިސް ހަމަ އެންމެ ރަނގަޅު ވާނީ އިގްނޯ ކޮށްލީމަ.

މީގެ އިތުރުން އެމީހަކު ހިތްހަމަ ނުޖެހޭ ކަމުގައި ވަނީ ނަމަ އެެފަދަ މަންޒަރުތައް ނުބެލުމަކީ އެންމެ ރަނގަޅު ގޮތް ކަމުގަައި ވެސް އޭނާ ފާހަގަ ކުރިއެވެ. ބަދަލުގައި ހަޑި ބަސްތައް ބޭނުންކޮށްގެން "ކޮމެންޓު" ކުރުމަކީ އެހައި ޒިންމާދާރު ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.

ހަމައެއާ އެކު ނުރަނގަޅު ފާޑުކިޔުމުގެ އިތުރުން ވަރަށް ގިނަ ބައެއްގެ ފަރާތުން ރަނގަޅު ފާޑު ކިޔުންތައް އަންނަކަން ފާހަގަކޮށް ޝާނާ ބުނީ، ބައެއް ފަހަރު މަގުމަތިން ދަރިފުޅު ގޮވައިގެން ދާއިރު ސެލްފީ ނެގުމަށް ވެސް އެތައް ބަޔަކު އަންނަ ކަމަށެވެ. އަދި އެފަދަ މީހުންނަށް ހިތުގެ އެންމެ އަޑިން ޝުކުރު އަދާ ކުރާ ކަމުގައި ވެސް އޭނާ ފާހަގަ ކުރިއެވެ.

ބުރުގާ އަޅައިފައި ހުންނާތީ ގިނަ ބައެއްގެ ފާޑުކިޔުން!

ޝާނާއަށް އެކި ކަހަލަ ފާޑުކިޔުންތައް އަމާޒުވެގެން ދިޔައިރު، އޭނާއަށް އެންމެ ގިނައިން ފާޑު ކިޔުންތައް އަމާޒުވެގެން ދިޔައީ އޭނާ ބުރުގާ އަޅައިގެން މިފަދަ ދާއިރާއަކުން ފެނިގެން ދާތީ ކަމުގައި އޭނާ ފާހަގަ ކުރިއެވެ. އަދި އެފަދަ މީިހުންނަށް ވެސް ޝާނާ ވަނީ ރައްދު ދީފައެވެ.

ބުރުގާ އަޅައިގެން އުޅޭތީ ވަރަށް ގިނަ މީހުން ބުނޭ ދެޓްސް ނޮޓް ގުޑް އޭ. އަސްލު އެމީހެއްގެ އަމިއްލަ ކަމެއް ދޯ އެއީ. އެ ކުއްޖެއްގެ އަމިއްލަ ޓެލެންޓު އަސްލު އެ ފެންނަނީ.

އަދި ދުވަހަކު ވެސް ޝާނާ ބުރުގާ ބާލާނަންތޯ ކުރި ސުވާލަށް ޖަވާބު ދެމުން ޝާނާ ބުނީ އެއީ ދުވަހަކު ވެސް އޭނާ ކުރާނެ ކަމެއް ނޫން ކަމަށެވެ. އެފަދަ ޚިޔާލެއް ނުވެސް ގެންގުޅޭ ކަމަށާއި ދުވަހަކު ވެސް އެ ފަދަ ގޮތަކަށް ނުވެސް ވިސްނާ ކަމުގައެެވެ.

 

ޝާނާގެ އެންމެ ބޮޑު އިންސްޕިރޭޝަން: ނިމްޝާ

މިދާއިރާގައި ޝާނާގެ އެންމެ ބޮޑި އިންސްޕިރޭޝަންއަކީ މަޝްހޫރު ޓިކްޓޮކަރ ނިމްޝާ ކަމުގައި އޭނާ ފާހަގަ ކުރިއެވެ. މީސް މީޑިއާއިން ވެެސް ނިމްޝާއާއެކު ޝާނާގެ އެތައް ވިޑިއޯއެއް ވަނީ ފެނިފައެވެ. ނިމްޝާ އަކީ އޭނާ މިދާއިރާއިން ކުރިއަށް ދިއުމުގެ އެންމެ ބޮޑު އިންސްޕިރޭޝަން ގޮތުގައި އޭނާ ފާހަގަ ކުރިއެވެ.

ނިމް ވަރަށް ސަޕޯޓު ކުރާނެ ޝާނާއަށް. އޭނާއަކީ ދެން ވަރަށް ޑާންސް ކުރާ މީހެއް. ނިމް ކިޔާ ވަރުން އަސްލު ގިނައިން ނަށާ ވީޑިއޯ ވެސް ލަނީ.

އާންމުންގެ ތެރެއަށް ޝާނާ ނަށައިފައިވާ ވީޑިއޯއެއް ލާން ޖެހިލުންވި ނަމަވެސް ނިމްޝާގެ ބުނުމަށް، އަދި ނިމްޝާއަށް ޝާނާ ކުރާ އިތުބާރުގެ ބޮޑު ކަމުން އޭނާ ވީޑިއޯތައް ލުމަށް ކެރޭ ކަމުގައި އޭނާ ފާހަގަ ކުރިއެވެ.

ދުވަހަކު ވެސް ފިލްމީ ދާއިރާއަކުން ފެނިދާނެތަ؟

ޓިކްޓޮކުން އުފަންވެފައިވާ އެތައް ތަރީންނެއް މިއަދު ފިލްމީ ދާއިރާގަައި މަސައްކަތް ކުރަމުން ގެންދާއިރު، ދުވަހަކުވެސް ޝާނާ އެ ދާއިރާއިން ފެނިގެން ގޮސްދާނެތޯ ކުރި ސުވާލަށް ޝާނާ ދިނީ ވަރަށް ވެސް ތަފާތު ޖަވާބެކެވެ.

އަޕް ކަމިން ޑްރާމާ ތަކެއްގައި ޝޫޓް ކޮށްފިން. ދެން ފިލްމީ ދާއިރާގެ ގޮޮތެއް އަދި ނޭނގެ. އެ ދުވަސް އައިމަ އެނގޭނީ. ޝޯޓް ޑްރާމާ ތަކެއް ކުޅެފައި ހުންނާނީ އަދި.

ކުރު ޑްރާމާ ސިލްސިލާތަކުން މުސްތަގުބަލުގައި ފެނިގެން ދާނޭކަން ފާހަގަ ކުރަމުން ޝާނާ ބުނީ، ފިިލްމީ ދާއިރާއިން ފެނިގެން ދާނޭކަން ވެސް ނުވަތަ ނުދާނޭ ކަން ވެސް އަދި ބުނަން ދަތި ކަމަށެވެ. އެހެން ނަމަވެސް ވަގުތު ޖެހުމުން އެނގިގެން ދާނެ ކަމަށް ޝާނާ ބުންޏެވެ.

ފިލްމީ ދާއިރާގައި މަސައްކަތް ނުކުރި ނަމަވެސް ޓިކްޓޮކް ކުޅެގެން އެކި ކަހަލަ ފުރުސަތު ލިބެމުންދާ ކަން ވެސް އޭނާ ފާހަގަ ކުރިއެވެ، އެގޮތުން އެކި ކަހަލަ ލައިވް ޝޯވް ތަކާއި ކުދި ޑްރާމާ ތަކުން ފުރުސަތު ލިބޭކަން އޭނާ ފާހަގަ ކުރިއެވެ. އަދި މިފަދަ އެތައް ފުރުސަތު ތަކެއް ލިބިގެން ދާނޭ ކަން ވެސް އޭނާ ގަބޫލު ކުރެއެވެ. އަދި ޝާނާއަށް ކުރިއެރުން ލިބިގެން ދަނީ ވެސް ޓިކްޓޮކުގެ ސަބަބުން ކަމަށް އޭނާ ފާހަގަ ކުރިއެވެ. މި ކަމުގައި އޭނާަށް އެހީތެރި ވެދިން އެންމެންނަށް ވެސް ޝާނާ ވަނީ ވަރަށް ޚާއްސަ ޝުކުރެއް ރައްދު ކޮށްދީފައެވެ.

މޮޑެލް ކުރަން ފުރުސަތު ލިބުނު!

ޓިކްޓޮކް ކުޅުމުގެ އިތުރުން މޮޑެލް ކުރަން ފުރުސަތު ލިބިއްޖެ ނަމަ އެ ފުރުސަތުގެ ބޭނުން ހިފާނީތޯ ނުވަތަ ދޫކޮށްލާނީތޯ ކުރި ސުވާލަށް ޝާނީ ބުނީ، މޮޑެލް ކުރަން ފުރުސަތެއް ލިބުނު ކަމަށެވެ. "ދީވާސް" އިން އޭނާ އަށް ފުރުސަތު ލިބުނު ނަމަވެސް، އޭނާ އަމިއްލައަށް ގަބުލު ކުރާ ގޮތުގައި ޝާނާއަށް މޮޑެލް ކުރާކަށް ނޭނގެއެވެ.

މޮޑެލް ކުރަން ލިބުން ޗާންސެއް. ނިމް ސައިޑުން ދީވާސްއަށް މޮޑެލް ކުރަން ލިބުނީ. އެކަމް އަސްލު ޝާނީ އަކީ މޮޑެލް ކުރަން ވެސް ނޭނގޭ މީހެއް.  ނިމް ބުނީ ވާނޭ. އަސްލު ޝާނާއަކަށް ނެތް އެ ކޮންފިޑެންސެއް. ޝާނާއަށް އޭތި ވާނޭ ކަމެއް.

މޮޑެލް ކުރުމަކީ އުނދަގޫ ކަމެއްކަން ފާހަގަކޮށް ޝާނާ ބުނީ، ޝާނާއަކީ މާ "ސިމްޕަލް" މީހެއް ކަމަށެވެ. އެހެންކަމުން ދީވާސް އިން ފުރުސަތު ލިބުނު ނަމަވެސް ޝާނާ އެފަހަރު މޮޑެލް އެއް ނުކުރެއެވެ.

ޓިކްޓޮކަކީ އެތައް ބައެއްގެ "ފޭވަރިޓް" އަކަށް ވެފައި ވާއިރު، އެ މަންސައިން މިފަދަ އެތައް ހުނަރުވެރިންނެއް އަންނަނީ އުފަންވަމުންނެވެ. ތަފާތު އެކި ދާއިރާއިން އެެކި ކަހަލަ ކުދިން އަންނަނީ ކުރި އަރަމުންނެވެ. ހަމަ އެފަދައިން ޝާނާއަކީ ވެސް ތަފާތު އަދި އެހާމެ ހުނަރުވެރި އަދި ކަންކަން ކުރުމުގެ ގާބިލިއްޔަތުކަން ދައްކުވައިފީފައިވާ މޮޅު ފަންނާނެކެވެ. އެކުގައި ހޭދަ ކުރެވުނު ވަގުތު ކޮޅަކީ މަޖާ އަދި އެހާމެ ހިތްގައިމު ވަގުތު ކޮޅެކެވެ. ޓީމް "ދެން"އިން އެދެނީ ޝާނާއަށް އިތުރު ކާމިޔާބީއެވެ.

 

Ads by Ooredoo
  1. ރުކުމާ

    ސާނާ އިސްލާމްދީނައް ވަންނަންވީ

  2. ޢެފޮރޓްލަސް ޑާންސާ 100

  3. ހެޔޮހިތުން

    ތިމާމެން ހަލާކު ކުރުމަށް އަބަދުވެސް ތިބޭނެ ބަޔަކު. ތިމާޔަށް ފެންނާނީ މިއަދު ތީ ކުރިއެރުމެއްގެ ގޮތުގައި އެއީ ހުޝާމަތުގައި ޖެހުނީމައި. އޮފާތައް އަންނާނެ. އެކަމަކު ތިމާގެ މޮޅުކަމަށްވުރެ ލައްޒަތަށް އަންނަބައި ކުޑައެއްނުވާނެ. ދާފި އަވަހަށް ތިމާގެ ލޮލަށްވެސް އެކަން ފެނިދާނެ. ޓުރެޕަކަށް ނުވެއްޓި ސަަލާމަތުގެ މަގުގައި ހުރުމަކީ އެންމެ ބޮޑު އެއްނިއުމަތް.

  4. ސްޓޮޕް މޭކިން ސްޓުޕިޑް ޕީޕަލް ފޭމަސް