Friday, 30 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ފުލުހުންނަށް ތައުރީފު: ވައްކަން ކުރަން އުޅުނު މީހަކު ހުއްޓުވައި ހައްޔަރުކުރީ ސީސީޓީވީން ފެނިގެން

ފުލުހުންނަށް ތައުރީފު: ވައްކަން ކުރަން އުޅުނު މީހަކު ހުއްޓުވައި ހައްޔަރުކުރީ ސީސީޓީވީން ފެނިގެން

އިއްޔެ ފަތިސް ގަޑީގައި މާލޭގެ ގެއަކުން ވައްކަން ކުރަން އުޅުނު މީހަކު ފުލުހުން ހުއްޓުވައިފިއެވެ.

އެ ގޭގެ މީހަކު ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ، އިއްޔެ ފަތިސް ނަމާދު ގަޑީގައި އެ ގޭގެ ފުރަތަމަ ފަންގިފިލާއަށް މީހަކު ވަގަށް އެރި ކަމަށެވެ. އެ މީހާ އެރީ ބޭރުގައި ހުންނަ ކަރަންޓު ފޮށި މައްޗަށް އަރައިގެން ކަމަށް ވެސް ލިޔެފައިވެއެވެ.

އެ މަންޒަރު ހިނގިއިރު ފުލުހުން ތިބީ އެ ސަރަޙައްދުގައި ހުރި ސީސީޓީވީ ކެމެރާތަކުން ބަލަން ކަމަށާއި އެ މީހާ އެ ގެއަށް އެރިތާ ހަތަރު މިނެޓު ވެސް ނުވަނީސް ފުލުހުން އެ ސަރަޙައްދަށް ގޮސް ވަގުކަލޭގެ ގެންދިޔަ ކަމަށް ވެސް ބުނެފައިވެއެވެ.

Advertisement
Ooredoo — Square (box)

"ފުލުހުން އެ މީހުންގެ ކެމެރާތަކުން ބަލަން ނެތް ނަމަ، އަހަރެންގެ ގޭގައި ކުއްޔަށް އުޅޭ މީހުންގެ ގެއިން ސާމާނުތަކެއް އިއްޔެ ފަތިހު ވަގަށް ނަގައިގެން ގެންދިޔައީސް" ގިޔާސް ނަމަކަށް ކިޔާ އެ މީހާ ލިޔެފައިވެއެވެ.

މީހަކު ރިޕޯޓު ވެސް ނުކުރަނީސް ފުލުހުން ދިން އެ ޚިދުމަތަށް ގިޔާސް ވަނީ ތައުރީފުކޮށް ޝުކުރު އަދާކޮށްފައެވެ. އަދި އެކަމުން ދޭހަ ވަނީ، މާލޭގެ މަގުތަކުގައި ވަމުންދާ ކަންކަން ފުލުހުން ވަރަށް ގާތުން ބަލަމުން ދާކަން ކަމަށް ވެސް ގިޔާސް ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް