ދީން

ސިހުރުވެރިޔާ ހަދާ ސިހުރު ހުރީ ކޮންތާކުކަން ދެނެގަންނާނެ ގޮތް

ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަތީފް ، ދެން އޮންލައިން
ސިހުރުވެރިޔާ ހަދާ ސިހުރު ހުރީ ކޮންކޮންތާކުކަން ދެނެގަންނާނެ ގޮތް

ސުވާލު: ސިހުރުވެރިޔާ ހަދާ ސިހުރު ހުރީ ކޮންކޮންތާކުކަން ދެނެ ގަންނާނީ ކިހިނެއްތޯ؟އެއީ މީހަކަށް ނޫނީ ގެޔަކަށް ކޮށްފައި ހުރި ކަމެއްތޯ ހޯދަން ކަންތައް ކުރާނެ ގޮތެއް ބުނެދީފާނަންތޯ؟

Ads by Hajj Corporation

الحمدلله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ތިޔަ ސުވާލުގެ ޖަވާބުގައި އައްރާގީ އަޖްނާދު ޢަލީ- ޙަފިޡަހުﷲ- ލިޔުއްވާފައިވެއެވެ.

މިކަމަށް ޓަކައި އަހަރެމެން އީމާންކަމުގެ އަހުލުވެރީން ހިފުން އެންމެ ހެޔޮކަން ބޮޑު ގޮތަކީ ﷲ އާ ވީހާ ވެސް ގާތް، އެކަލާނގެއަށް ބޮޑަށް ކުއްތަން ވަނިވި ގޮތެކެވެ. އެގޮތުން އެންމެ ހެޔޮ ވެގެންވާ ކަމަކީ، ދަމު ނަމާދު ކުރުމަށް ފަހު ދުޢާ ކުރުމެވެ. އެހެނީ އެވަގުތަކީ މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ދުނިޔޭގެ އުޑަށް ނާޒިލްވެ ވޮޑިގަންނަވާ ވަގުތެވެ. އަދި އެއިލާހު އަންގަވާފައި ވަނީ “ތިމަން ﷲ އަށް ދަންނަވާށެވެ، ތިމަން ﷲ އިޖާބަ ކުރައްވާ ހުށީމެވެ.” މިފަދައިންނެވެ. ވީއިރު ކޮންމެ ކަމަކަށް ވެސް ގިނައިން ދުޢާކުރުން ހުއްޓެވެ.

ރުޤްޔާގެ އަހުލުވެރިންނާއި ޢިލްމުވެރީން ވެސް ސިޙުރު ހޯދުމުގައި ބޮޑަށް ތަޖުރިބާ ކުރައްވާ އިތުބާރު ކުރައްވާ މަގަކީ،ދަމު ނަމާދަށް ފަހު، އެ ސިޙުރު ހުރިތަނެއް ދެއްކެވުމަށާއި، އެސިޙުރު ބާޠިލު ކުރެއްވުން އެދި ދެންނެވުމެވެ. މިކަން ކުރާނީ ބަލިމީހާއެވެ. އަދިރުޤްޔާ ކުރާމީހާ ވެސް މިފަދައިން ކަންކުރުން ހެޔޮ ވެގެންވެއެވެ.

ކޮންމެއަކަސް ސިޙުރު ހުރިތަން ދެނެގަނެ އެސިޙުރެއް ހޯދިއްޖެނަމަ ، އެސިޙުރެއްގެ އަސަރު ކަނޑުވާލަން އެންމެ ފަސޭހަގޮތް ވީއެވެ.އެހެންކަމުން މިކަމަށްޓަކައި ރުޤްޔާގެ އަހުލުވެރިން، ޝިރުކު ނުހިމެނޭގޮތްތަކަށް އެކި ރުޤްޔާތައް ތަޖުރިބާ ކުރައްވައެވެ. އަދި ތަޖުރިބާއަކީކޮންމެ ފަހަރަކު އެއްގޮތަކަށް ހުރިހާ އެންމެންނަށް ދިމާވާނެ ކަމަކަށް ނުވެދާނެއެވެ. އެހެންކަމުން އަޅުގަނޑުމެން ތަޖުރިބާ ޙިއްސާކުރަނީ، އެއީއެކަމުގައި އޮތް ހަމައެކަނި ގޮތްކަމުގައި ނުދެކުމަށާއި އެހެން ނަމަވެސް ތަޖުރިބާ ވެފައި ވީތީ ކަން ކުރެވިދާނެ އެކި ގޮތްގޮތް ބަޔާން ކޮށްދިނުމުގެގޮތުންނެވެ. މިގޮތުން މިކަމުގައިވެސް އަޅުގަނޑު އަދި ބައެއް އެހެންވެ ސް ރުޤްޔާގެ އަހުލުވެރީން ތަޖުރިބާ ކުރައްވާފައިވާ ބައެއް ކަންކަން ޙިއްސާކޮށްލާނަމެވެ.

1-   ބަލިމީހާ ކައިރީ ރާޤީއަކު ކިޔަވައިގެން ދެނެގަންނަން ބޭނުންނަމަ (ބަލިމީހާ އަމިއްލައަށް ވެސް މިކަން ކުރެވޭނެއެވެ): ރުޤްޔާ ކިޔެވުމުން ބަލިމީހާގެ ހަށިގަނޑުގައި ސިޙުރު ހުރިކަން ޔަޤީން ވެއްޖެ ނަމަ،ދެން އެއީ ކޮންބާވަތެއްގެ ސިޙުރެއްތޯ ދެނެގަނެވޭ ގޮތެއް ވެއެވެ. އެ ގޮތަކީ ރުޤްޔާ ކިޔެވުމުން ސިޙުރު ހުރިކަން ޔަޤީން ވުމުން، ޖިންނި ހާޒިރު ވިޔަސް ނުވަތަ ނުވިޔަސް (ބޮޑަށް އެދެވިގެން ވަނީ، ޖިންނި ހާޒިރު ނުވެ،އެހެން ނަމަވެސް ރުޤްޔާ ކިޔެވުމުން އުނދަގޫތައްވާ ޙާލަތުގައި) ތިރީގައިވާދުޢާތައް، ފަހަރަކު ދުޢާއެއް ތަކުރާރު ކުރާނީއެވެ. މިގޮތަށް ތަކުރާރު ކުރުމުން ބަލިމީހާއަށް ބޮޑަށް ތަކުލީފު ވަނީ ކޮން ދުޢާއަކުންތޯ ބަލާނީއެވެ. އަދި އެކަމަކާ ބޮޑަށް ގުޅޭ ގޮތަށް ފަރުވާ ކުރާނީ އެވެ.
1- اللهمَّ اَبْطِلْ كُلُّ سِحْرٍ مَأَكُولٌ : މާނައީ: ހައްދަވާ ގެންގުޅުއްވާ އިލާހެވެ، ކާންދީފައިވާ ކޮންމެ ސިޙުރެއްބާޠިލުކޮށްދެއްވާނދޭވެ. (މިދުޢާ ތަކުރާރުކުރުމުން ބޮޑަށް އުނދަގޫވާ ނަމަ ކާންދީފައި ހުރިކަމަށް ބަލައި ކާންދީފައިވާ ސިޙުރު ބޭރުކުރުމަށް ކުރެވޭ ފަރުވާތައް ކުރެވިދާނެއެވެ.)
2- اللهمَّ اَبْطِلْ كُلُّ سِحْرٍ مَدْفُونٌ :  މާނައީ: ހައްދަވާ ގެންގުޅުއްވާ އިލާހެވެ، ވަޅުލާފައިވާ ކޮންމެ ސިޙުރެއް ބާޠިލު ކޮށްދެއްވާނދޭވެ. (މިދުޢާއިން އުނދަގޫވާނަމަ، ސިޙުރުވަނީ ވަޅުލާފައިކަމުގައި ބެލެވިދާނެއެވެ.)
3- اللهمَّ اَبْطِلْ كُلُّ سِحْرٍ مَرْشُوسٌ : މާނައީ: ހައްދަވާގެންގުޅުއްވާ އިލާހެވެ، ވިއްސާފައިވާ ކޮންމެ ސިޙުރެއް ބާޠިލު ކޮށްދެއްވާނދޭވެ. (މިދުޢާއިން ބޮޑަށް އުނދަގޫވާނަމަ، ސިޙުރު ހެދުމަށްފަހު ދިޔާ އެއްޗެއް ވިއްސާފައި ހުރި ކަމަށް ބެލެވިދާނެއެވެ)
4- اللهمَّ اَبْطِلْ كُلُّ سِحْرٍ فِي الْبَيْتِ : މާނައީ: ހައްދަވާގެންގުޅުއްވާ އިލާހެވެ، ގޭގައިވާ ކޮންމެ ސިޙުރެއް ބާޠިލުކޮށްދެއްވާނދޭވެ. (މިދުޢާއިން ބޮޑަށް އުނދަގޫ ވާނަމަ، ގެއަށް ސިޙުރު ހަދާފައި ހުރި ކަމުގައި ބެލެވިދާނެއެވެ)
5- اللهمَّ اَبْطِلْ كُلُّ سِحْرٍ فِي الْبَحْرِ : މާނައީ: ހައްދަވާގެންގުޅުއްވާ އިލާހެވެ، ކަނޑުގައިވާ/ކަނޑަށް ހަދާފައިވާ ކޮންމެ ސިޙުރެއް ބާޠިލު ކޮށްދެއްވާނދޭވެ. (މިދުޢާއިން ބޮޑަށް އުނދަގޫ ވާނަމަ، ކަނޑަށް ސިޙުރު ހަދާފައި ހުރިކަމުގައި ބެލެވިދާނެއެވެ.)
6- اللهمَّ اَبْطِلْ كُلُّ سِحْرٍ فِي الْقِبْرِ : މާނައީ: ހައްދަވާ ގެންގުޅުއްވާ އިލާހެވެ، ޤަބުރުގައިވާ ކޮންމެ ސިޙުރެއް ބާޠިލު ކޮށްދެއްވާނދޭވެ. (މިދުޢާއިން ބޮޑަށް އުނދަގޫވާނަމަ، މަހާނައަށް ނުވަތަ ޤަބުރުސްތާނުގައި ސިޙުރު ހަދާފައި ހުރިކަމުގައި ބެލެވިދާނެއެވެ.)
7- اللهمَّ اَبْطِلْ كُلُّ سِحْرٍ فِي الأَرْضِ : މާނައީ: ހައްދަވާގެންގުޅުއްވާ އިލާހެވެ، ބިމުގައިވާ ކޮންމެ ސިޙުރެއް ބާޠިލުކޮށްދެއްވާނދޭވެ. (މިދުޢާއިން ބޮޑަށް އުނދަގޫވާނަމަ، ބިމުގައި ވަޅުލާފައި ނުވަތަ އެނޫން ވެސް ގޮތަކަށް ބިންގަނޑުގައި ސިޙުރު ހުރީ ކަމުގައި ބެލެވިދާނެއެވެ)
8- اللهمَّ اَبْطِلْ كُلُّ سِحْرٍ فِي الْعُقَدِ : މާނައީ: ހައްދަވާގެންގުޅުއްވާ އިލާހެވެ، ގޮށްގޮށުގައިވާ/ގޮށުގެތެރޭގައިވާ ކޮންމެ ސިޙުރެއް ބާޠިލުކޮށްދެއްވާނދޭވެ. (މިދުޢާއިން ބޮޑަށް އުނދަގޫ ވާނަމަ، ގޮށްޖަހައިގެން ހަދާފައިވާ ސިޙުރެއް ކަމުގައި ބެލެވިދާނެއެވެ.)
- މިދުޢާތައް ތަކުރާރުކޮށް ކިޔެވުމުން އުނދަގޫ ބޮޑުވާ ދުޢާތައް ފާހަގަކުރާށެވެ. އަދި ފަރުވާގެ ތެރޭގައި ގިނައިން އެ ދުޢާތަކެއް ތަކުރާރު ކުރާށެވެ. އަދި މިގޮތުން ގެއަށް ސިޙުރު ހަދާފައި ހުރި ކަމަށް ބެލެވިއްޖެ ނަމަ ސިޙުރު ބާޠިލު ކުރުމަށް ފެނަށް ކިޔަވައި މުޅި ގެއަށް އެ ފެން ވިއްސާށެވެ. އަދި އޭގެ އިތުރުން، ބަލިމީހާ ގޭގެ ދޮރުމައްޗާއި ، ގޭގެ ކަންތަކާއި، ސިޙުރު ހަދާފާނެކަމަށް ބެލެވޭ ތަންތަނުގައި މަޑުކޮށްލައިގެން ހުރުމުން، އެތަނެއްގައި ސިޙުރު ހުރިނަމަ އުނދަގޫ ބޮޑުވާކަން ފާހަގަވެފައިވެއެވެ. މިގޮތުން ފާހަގަ ކުރެވޭ ތަންތަނަށް ވަކިން ކިޔެވުމަށް ފަހު ފެން އަޅާށެވެ. އަދި މިއިން ކޮންމެ ގޮތަކަށް ސިޙުރު ހަދައިފައި ހުރި ނަމަވެސް، އަދި އެސިޙުރެއް ނުފެނުނު ނަމަވެސް ސިޙުރަށް ކުރާ ފަރުވާތައް ކުރާށެވެ.

2-  ބަލިމީހާ ތިރީގައިވާ އާޔަތްތައް ގިނައިން ތަކުރާރުކޮށް ކިޔަވާށެވެ، ބޮޑަށް އެދެވިގެން ވަނީ ނިދަން ވުމުން ކިޔެވުމެވެ.އަދި ކިޔެވުމަށްފަހު އެސިޙުރު ހުރިތަނެއް ދެއްކެވުން އެދި ދުޢާ ކުރާށެވެ.މިގޮތަށް ކަންކުރުމުން ވެސް ސިޙުރު ހުރިތަން ހުވަފެނުގައި ފެނިފައި އެބަހުއްޓެވެ. މިގޮތަށް ކޮންމެ ދުވަހަކުވެސް ކަންތައް ކުރާށެވެ.
1- وَعِندَهُ مَفَاتِحُ الْغَيْبِ لَا يَعْلَمُهَا إِلَّا هُوَ ۚ وَيَعْلَمُ مَا فِي الْبَرِّ وَالْبَحْرِ ۚ وَمَا تَسْقُطُ مِن وَرَقَةٍ إِلَّا يَعْلَمُهَا وَلَا حَبَّةٍ فِي ظُلُمَاتِ الْأَرْضِ وَلَا رَطْبٍ وَلَا يَابِسٍ إِلَّا فِي كِتَابٍ مُّبِينٍ ﴿٥٩﴾ سورة الأنعام: 59
2- سُبْحَانَكَ لَا عِلْمَ لَنَا إِلَّا مَا عَلَّمْتَنَا ۖ إِنَّكَ أَنتَ الْعَلِيمُ الْحَكِيمُ ﴿٣٢﴾ سورة البقرة : 32
3- قُلْ هُوَ اللَّهُ أَحَدٌ ﴿١﴾ اللَّهُ الصَّمَدُ ﴿٢﴾ لَمْ يَلِدْ وَلَمْ يُولَدْ ﴿٣﴾ وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ﴿٤﴾ سورة الإخلاص
4- قُلْ أَعُوذُ بِرَبِّ الْفَلَقِ ﴿١﴾ مِن شَرِّ مَا خَلَقَ ﴿٢﴾ وَمِن شَرِّ غَاسِقٍ إِذَا وَقَبَ ﴿٣﴾ وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ ﴿٤﴾ وَمِن شَرِّ حَاسِدٍ إِذَا حَسَدَ ﴿٥﴾
سورة الفلق
5- قُلْ أَعُوذُ بِرَبِّ النَّاسِ ﴿١﴾ مَلِكِ النَّاسِ ﴿٢﴾ إِلَـٰهِ النَّاسِ ﴿٣﴾ مِن شَرِّ الْوَسْوَاسِ الْخَنَّاسِ ﴿٤﴾ الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ ﴿٥﴾ مِنَ الْجِنَّةِ وَالنَّاسِ ﴿٦﴾ سورة الناس

އާޔަތްތަކުގެ ތަރުޖަމާ:

1- އަދި غيبގެ ތަޅުދަނޑިތައްވަނީ، އެކަލާނގެ حضرةގައެވެ.އެކަލާނގެ މެނުވީ، އެކަންތައްތައް ދެނެވޮޑިގެންނުވެތެވެ. އެއްގަމާއި،ކަނޑުގައިވާ ކަންތައްތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ. އެކަލާނގެދެނެވޮޑިގެން މެނުވީ ގަހެއްގެ ފަތެއްވެސް ނުވެއްޓެއެވެ. އަދި ބިމުގެއަނދިރިކަމުގެ ތެރޭގައިވާ އޮށްޓަރެއްވިޔަސް، އަދި ރޯއެއްޗެއްވިޔަސް،ހިކިއެއްޗެއްވިޔަސް، ބަޔާންވެގެންވާ ފޮތެއްގައި (ލިޔުއްވާފައި) މެނުވީނުވެތެވެ.
2- އިބަރަސްކަލާނގެ ހުސްطاهرވަންތަކަމާއެވެ! އިބަރަސްކަލާނގެ އަޅަމެންނަށްއުނގަންނަވައިދެއްވި އެއްޗެއް މެނުވީ، އަޅަމެންނަކަށް އެނގުމެއް ނުވެއެވެ.ހަމަކަށަވަރުން އިބަރަސްކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ حكيمވަންތަރަސްކަލާނގެއެވެ.
3- ކަލޭގެފާނު ވިދާޅުވާށެވެ! އެއީ އެއްކައުވަންތަﷲ އެވެ. (1) ﷲއީ އެންމެހާތަކެތި އެއިލާހުއަށް ބޭނުންތެރި ވެގެންވާ އަދި އެއްވެސް އެއްޗަކަށްއެއިލާހު ބޭނުންވެވޮޑިގެންނުވާ ރަސްކަލާނގެއެވެ. (2) އެއިލާހުއަކަށްއެއްވެސް އެއްޗެއް އުފަންވެގެނެއް ނުވެއެވެ. އަދި އެއްވެސް އެއްޗަކަށްއެއިލާހު އުފަންވެ ވޮޑިގެނެއް ނުމެވޭމެއެވެ. (3) އަދި އެއިލާހުއާއެއްފަދަވެގެންވާ ހަމައެކައްޗެއްވެސް ނުވެއެވެ. (4)
4- ކަލޭގެފާނު ވިދާޅުވާށެވެ! ފަތިހުގެ ވެރިއިލާހު حضرةން ތިމަންކަލޭގެފާނުރައްކާތެރިކަން ލިބިގަންނަމެވެ.(1) އެއިލާހު ހައްދާވާފައިވާ ތަކެތީގެނުބައިކަމުންނެވެ. (2) އަދި ރޭގަނޑުގެ އަނދިރިކަން ގަދަވެގެންފިހިނދު،އެރޭގަނޑުގެ ނުބައިކަމުންވެސްމެއެވެ.(3) އަދި ގޮށްތަކަށްފުމޭ މީހުން (އެބަހީ: سحرހަދާމީހުން) ގެ ނުބައިކަމުންވެސްމެއެވެ. (4) އަދި حسدވެރިޔަކު حسدވެރިވެއްޖެހިނދު، އޭނާގެ ނުބައިކަމުން ވެސްމެއެވެ. (5)
5- ކަލޭގެފާނު ވިދާޅުވާށެވެ! މީސްތަކުންގެ ވެރިއިލާހު حضرةންރައްކާތެރިކަން ލިބިގަންނަމެވެ. (1) (އެއިލާހުއީ) މީސްތަކުންގެ ރަސްވަންތަރަސްކަލާނގެއެވެ (2) . (އެއިލާހުއީ) މީސްތަކުންގެ إلهވަންތަރަސްކަލާނގެއެވެ. (3) ފިލައިހުރެ ވަސްވާސްދޭ شيطانއާގެ ނުބައިކަމުންނެވެ. (އެބަހީ: شيطانއާގެ ނުބައިކަމުން އެއިލާހު حضرةން ރައްކާތެރިކަންލިބިގަންނަމެވެ.) (4) އެ (شيطانއާ) އެއީ މީސްތަކުންގެ ހިތްތަކުގައިވަސްވާސް އުފައްދާ شيطانއާއެވެ. (5) ޖިންނީންގެ ތެރެއިންނާއި،މީސްތަކުންގެ ތެރެއިންވާ شيطانންނެވެ. (6)

ސިޙުރު ހުރިތަން މާތް ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ. އަދިމާތް ﷲ ވަޙީކުރައްވާފައިވަނީ “އަދި ސިޙުރުވެރިޔާ ކޮންމެ އެއްޗެއް ގެނައިކަމުގައިވިޔަސް، ސިޙުރުވެރިޔާ ކާމިޔާބު ނުވާނެއެވެ” މިފަދައިންނެވެ.އެހެންކަމުން ﷲ އާމެދު އެޔަޤީންކަން ބާއްވާށެވެ. އަދި އެއާއެކު ފަރުވާކުރުމާއި، ވަކީލް ކޮށް ގިނައިން ދުޢާކުރުމާއި ޛިކުރުކުރުން ގިނަކުރާށެވެ.މިރުޤްޔާއަކީ މިކަމަށްޓަކައި ކުރެވޭނެ ހަމައެކަނި ރުޤްޔާއެއް ނޫނެވެ. އަދިހަމައެކަނި ބޭނުން ކުރެވޭނީ މިއާޔަތްތަކެއްވެސް ނޫނެވެ. މިއީ އެހީއެއްގެގޮތުން ބަޔާންކޮށްފައިވާ ތަޖުރިބާ ތަކެކެވެ. ލާޒިމްކޮށް ޝަރުޢުކުރުމުގެގޮތުން ލިޔެފައިވާ ކަންކަމެއް ނޫންކަން ހަނދުމަފުޅުކޮށް އަރުވަމެވެ.  ޝިފާދެއްވާ ފަރާތަކީ ހަމައެކަނި ﷲ އެވެ. އަދި ޣައިބު ދެނެވޮޑިގެންވާ ފަރާތަކީހަމައެކަނި ﷲ އެވެ، އެކަލާނގެ ކަޝްފު ކުރެއްވި ކަމެއް މެނުވީ އަހަރެމެންނަކަށް، ނޭނގޭނެއެވެ. އެހެންކަމުން އަހަރެމެން ދަންނަވަންވީ ހަމައެކަނި މާތް ﷲ އަށެވެ.والله أعلم

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!