ޚަބަރު

މަސް ދުވަސް ފަހުން ހުރާ އާންމު ހާލަތަށް

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ކޮވިޑް-19 ގެ ގިނަ ކޭސްތަކެއް ފެނުމާއެކު މޮނިޓަރިންއަށް ލެވުނު ކ.ހުރާ އެއް މަސް ފަހުން އާންމު ހާލަތަށް ލައިފިއެވެ.

Ads by Hajj Corporation

ކ ހުރާއިން މާލެ ގެނައި މީހަކު ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެން މިދިޔަ މަހު 22 ވަނަ ދުވަހު ހުރާ ވަނީ މޮނިޓަރިންގެ ހާލަތަށް ލެވިފައެވެ. ހުރާގައި ކޮވިޑްގެ ބިރުވެރިކަން ބޮޑުވެ ، ފައްސިވީ މީހުންގެ އަދަދު 175 އަށް އެރިއެވެ. އޭގެ ތެރެއިން 161 މީހުން މިހައިތަނަށް ވަނީ ބަލިން ރަނގަޅު ވެފައެވެ.

ހުރައިގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވުމުން އެރަށުގައި ގެއިން ބޭރަށް ނިކުތުން މަނާކޮށް ކާފިއު ވެސް އިއުލާން ކުރެވިގެން ދިޔައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!