Thursday, 29 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ތިނަދޫގައި ކަރަންޓީނުގައި ނެތްމީހަކު ކޮވިޑް-19އަށް ފައްސިވެއްޖެ

ތިނަދޫގައި ކަރަންޓީނުގައި ނެތްމީހަކު ކޮވިޑް-19އަށް ފައްސިވެއްޖެ

ގދ ތިނަދޫގައި ކަރަންޓީނުގައި ނެތް މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ ފައްސިވެފައިވަނީ ހޯމް ކަރަންޓީނުގައި ހުއްޓާ މިއަދު ފައްސިވި ފަރާތެއްގެ ޑައިރެކްޓް ކޮންޓެކްޓެއް ކަމަށެވެ.

އެ ހޮސްޕިޓަލުން ބުނީ 22 އެޕްރިލް 2021 ވަނަ ދުވަހު ނެގި ހޯމްކަރަންޓީން ރިލީޒް 2 ސާމްޕަލެއް ކޮވިޑް-19 އަށް ފައްސިވެފައިވުމުން، ކޮންޓެކްޓް ޓްރޭސިންގައި ފާހަގަވި ފަރާތްތަކުގެ ތެރެއިން ޑަަައިރެކްޓް ކޮންޓެކްޓެއްގެ ސާމްޕަލެއް ކޮވިޑް-19އަށް ފައްސިވެފައިވާ ކަމަށެވެ. އެހެންކަމުން ހުރިހާ ބޭފުޅުން ވެސް ރައްކާތެރި ކަމުގެ ފިޔަވަޅުތަކާއެކު މާސްކް އުޅުމަށް އެ ހޮސްޕިޓަލުން ވަނީ އިލްތިމާސް ކޮށްފައެވެ.

Advertisement
Allied Insurance — Square (box)

އަދި ކޮންޓެކްޓް ޓްރޭސިންއާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާ ކުރައްވަން ބޭނުންފުޅު ނަމަ ތިނަދޫ ކޮވިޑް ހޮޓްލައިން ނަންބަރު 7934641 އާ ގުޅުއްވައި މައުލޫމާތު ހިއްސާ ކުރެއްވުމަށް ވެސް ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން އެދިފައިވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް