Thursday, 29 October 2026
Advertisement
Ooredoo — Article-Top (leaderboard)
ދުނިޔެ

ކޮވިޑަށް ފަރުވާދޭ ، އިރާގުގެ ހޮސްޕިޓަލެއްގައި އަލިފާން ރޯވެ ގިނަ ބަޔަކު މަރުވެއްޖެ

ކޮވިޑަށް ފަރުވާދޭ ، އިރާގުގެ ހޮސްޕިޓަލެއްގައި އަލިފާން ރޯވެ  ގިނަ ބަޔަކު މަރުވެއްޖެ

ކޮވިޑަށް ފަރުވާދޭ އިރާގުގެ ހޮސްޕިޓަލެއްގައި އަލިފާން ރޯވެ ފަރުވާ ހޯދަމުން ދިޔަ 80އަށް ވުރެ ގިނަ މީހުން މަރުވެއްޖެއެވެ.

ބޭރުގެ މީޑިއާތަކުން މައުލޫމާތު ލިބޭ ގޮތުގައި، އިރާގުގެ މި ހޮސްޕިޓަލުގައި ހިނގި އަލިފާނުގެ ހާދިސާގައި، 82 މީހުން މަރުވެ 110 މީހަކަށް ވަނީ ބޮޑެތި ޒަޚަމުތަކެއް ލިބިފައެވެ.

މީގެ އިތުރުން މިއީ ބަޔަކު ރާވައިގެން ކޮށްފައިވާ ކަމެއް ކަމަށާއި، މިކަން ކޮށްފައި ވަނީ ވަރަށް ފަރުވާ ކުޑަކޮށް ރައްކާ ކޮށްފައިވާ އޮކްސިޖަން ސިލިންޑަރުތަކެއްގެ ބޭނުން ހިފައިގެން ކަމުގައި ވެސް އިރާގުގެ ރައްޔިތުން އަންނަނީ ބުނަމުންނެވެ.

Advertisement
Allied Insurance — Square (box)

އަދި މީގެ ހަފްތާއެއް ކުރިން ސަސްޕެންޑު ކުރެވުނު އިރާގުގެ ހެލްތު މިނިސްޓަރު ހަސަން އަލް ތަމީމީގެ އަތެއް މިކަމުގައި ވާކަމަށް ބުނެ އެތައް ބަޔަކު އަންނަނީ ވާހަކަތައް ފަތުރަމުންނެވެ.

މި ހާދިސާގައި 82 މީހަކު މަރުވެފައިވާއިރު، އޭގެ ތެރެއިން 28 މީހުންނަކީ އަލިފާނުން ސަލާމަތް ކުރުމަށް ޓަކައި ވެންޓިލޭޓަރުން ނެގުމުގެ ސަބަބުން މަރުވެފައިވާ މީހުން ކަމަށް ވެސް މީޑިއާތަކުން މައުލޫމާތު ދެއެވެ. ހަމައެއާއެކު އަދިވެސް އިތުރު ހަށިގަނޑުތައް ފެނޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ނުފެނިގެން ހޯދާ އެތައް ބަޔަކު އަދިވެސް އެބަ ތިބި ކަމުގައި ވެސް މީޑިއާ ތަކުން ރިޕޯޓުކޮށްފައި ވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް