Sunday, 1 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ކޮވިޑް-19: އޭދަފުށިން މިއަދު އިތުރު 28 މީހުން ފައްސިވެއްޖެ

ކޮވިޑް-19: އޭދަފުށިން މިއަދު އިތުރު 28 މީހުން ފައްސިވެއްޖެ

ބ. އޭދަފުށިން މިއަދު އިތުރު 28 މީހުން ފައްސިވެއްޖެއެވެ.

އޭދަފުށިން ކޮވިޑް-19އަށް މީހަކު ފުރަތަމަ ފައްސިވިތާ މާދަމާއަށް ހަފްތާއެއް ވާއިރު އެ ރަށުގައި ހަލުވިކަމާއެކު އަންނަނީ މި ބަލި ފެތުރެމުންނެވެ.

އެގޮތުން މިއަދު ވެސް އިތުރު 28 މީހަކު އޭދަފުށިން ކޮވިޑަށް ފައްސިވެފައިވެއެވެ.

Advertisement
Ooredoo — Truecaller (box)

އެ ރަށުގައި ހުންނަ އަތޮޅު ހޮސްޕިޓަލުން މިރޭ އާއްމުކުރި މައުލޫމާތުތަކުން ދައްކާ ގޮތުގައި މިއަދު ފައްސިވި މީހުންނާ އެކު އެރަށުން ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 99އަށް އަރާފައެވެ.

ނަތީޖާތަކުން ދައްކާ ގޮތުގައި އޭދަފުށިން ނަގައިފައިވާ ސާމްޕަލްތަކުގެ ތެރެއިން އަދިވެސް 171 ސާމްޕަލެއްގެ ނަތީޖާ ނުލިބެއެވެ.

އޭދަފުށިން ފުރަތަމައަށް ފައްސިވި ދެ މީހުންނަކީ ވެސް ކަރަންޓީނުގައި ނެތް ދެ މީހުން ކަމަށް މައުލޫމާތު ލިބެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް