ދުނިޔެ

123 ކިލޯ ހުރި ރަމިތު، ފުރަ ބަންދުގައި 40 ކިލޯ ލުއި ކޮށްލި

ރައުފާ ރަޝީދު ، ދެން އޮންލައިން

ފުރަބަންދު ތެރޭގައި ބަރުދަނުގައި 123 ކިލޯ ހުރި މީހެއްގެ ހަށިގަނޑުން 40 ކިލޯ ހިއްކާލީ ތަފާތު ގޮތަކަށެވެ.

Ads by WAMCO

39 އަހަރުގެ ރަމިތް އަގަރްވަލްއަކީ ބަރުދަން މާ ބަރުވުމުގެ ސަބަބުން އޯވަރވެއިޓް ޒޯންގައި ހުރި މީހެކެވެ. އޭނާގެ ސިއްހަތަށް ގެއްލުން ލިބޭނެ ކަމަށާއި ޚުދު އޭނާއަށް ވެސް އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭނެކަމަށް ޑޮކްޓަރުން ދިޔައީ ކޮންމެ ދުވަހަކުހެން އޭނާ ކައިރީގައި ބުނަމުންނެވެ.

އަބަދުވެސް ސިއްހަތަށް ބެލުމެއްނެތި އެކި ކަހަލަ ކާއެއްޗެހި އޭނާ ދިޔައީ ކަމުންނެވެ. ކޮވިޑް-19 އާ ގުޅިގެން ކުރި ފުރަބަންދު ވެގެން ދިޔައީ އޭނާގެ މުޅި ހަޔާތް ބަދަލު ކޮށްލި ދުވަސްވަރަކަށެވެ. 40 ކިލޯ ހިއްކާލަން 7 މަސް ދުވަސް ނެގިއެވެ. އެ ދުވަސްވަރުގެ ތެރޭގައި އޭނާގެ އަޒުމަކަށްވީ ގޭގައި ހުރެގެން ބަރުދަން ލުއި ކުރުމަށެވެ.

އޭނާގެ ޝެޑިއުލް ކިޔައިދިނެވެ. ހެނދުނު ހޭލުމަށްފަހު އެންމެ ފުރަތަމަ ވެސް ބޮނީ ފެންތައްޓެކެވެ. އެއަށް ފަހު 9:30 ހާއިރު ހެނދުނުގެ ނާސްތާ ނަގައެވެ. އާންމުކޮށް އޭނާ ކަނީ ފަރާޓާ އެކެވެ. އެއާ އެކު ކިރު ތައްޓެކެވެ.

މެންދުރު ކެއުން ތާވަލުކޮށްފައި އޮންނަނީ 12-12:30 ދެމެދުގައެވެ. އެގަޑީގައި ގިނަ މޭވާ އެކުލެވޭގޮތަށް ފުރުޓް ބޮވްއެއް ތައްޔާރުކޮށް ކައެވެ. އެއަށްފަހު ބަރާބަރު 1:30 ގައި އެމީހުން ކައި އުޅޭ ރޮށި، ޗަޕާޓީ އަކާއި އިތުރުން މޭވާ ކައެވެ.

ހަވީރު 5:30 ގައި ބިސްކޯދަކާއެކު ސައި ތައްޓެއް އޭނާ ބޮއެވެ. ރޭގަނޑު ކާ ގަޑިއަކީ 7:30 އެވެ. އެގަޑީގައި އޭނާ ކަނީ ތަރުކާރީ ސެލެޑް، 2 ފޮތި ބްރައުން ބްރެޑް، ޗަޕާޓީއެއް، މުގާ އެކުއެވެ.

މީގެ އިތުރުން ގޭގައި އޭނާ ދިޔައީ ކަސްރަތު ކުރަމުންނެވެ. ކަސްރަތު ކުރަން ފެނުމުގެ ކުރިން ތާފެނާ ފެންތައްޓަކާއި 6 އާމަންޑް ކައެވެ. ކަސްރަތުކޮށް ނިމުމުން ކިރުތައްޓަކާއި ބިސްކޯދެކެވެ.

ރަމިތު ބުނިގޮތުގައި ބަރުދަން ލުއި ކުރުމަށް އަޒުމެއް ކަނޑައަޅައިފި ނަމަ މިއީ ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެކެވެ. އަދި ކޮންމެ ދުވަހަކު ވެސް ޝެޑިއުލްއާ އެއްގޮތަށް ފަރުވާ ކުޑަ ނުކޮށް މަސައްކަތް ކުރުމުން އޭގެ އެންމެ އެދެވޭ ނަތީޖާ ފެންނާނެކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!