Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ރައްޔިތުންގެ މަޖިލިސް

މަސައްކަތްތައް ނިންމުމަށް ރޭގަނޑު ވެސް މަޖިލީހުގެ ޖަލްސާ ބާއްވަނީ

މަސައްކަތްތައް ނިންމުމަށް ރޭގަނޑު ވެސް މަޖިލީހުގެ ޖަލްސާ ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ނިމުމުގެ ކުރިން ނިންމަން ޖެހޭ މަސައްކަތްތައް ނިންމުމަށް ރޭގަނޑު ވެސް ޖަލްސާ ބާއްވަން ޖެހިދާނެ ކަމަށް މަޖިލިސް ރައީސް މުޙައްމަދު ނަޝިދު ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލިސް ޖަލްސާ ފައްޓަވައިދެއްވަމުން ރައީސް ނަޝީދު ވަނީ މިއަދުގެ އެޖެންޑާ ދިގުކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން ކޮމިޓީތަކުން ހުށައަޅާ ކަންކަމުގެ ދަށުން 11 ރިޕޯޓެއް ހުށައެޅުމަށް މިއަދުގެ ޖަލްސާގައި އެޖެންޑާ ކޮށްފައިވެއެވެ.

މިއަދު ހުށަހެޅުމަށް އެޖެންޑާ ކޮށްފައިވާ ރިޕޯޓުތައް ގިނަކަން ފާހަގަ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ގިނަ ރިޕޯޓަކީ މި ދައުރުގައި ފާސްކުރަން ޖެހޭ ގާނޫނަކާއި ގުޅިފައިވާ ރިޕޯޓުތައް ކަމަށެވެ.

Advertisement
Allied — Dhen Online (box)

ރައީސް ނަޝީދު ވިދާޅުވީ ދައުރު ނިމުމާ ގާތް ވެފައިވާއިރު ރޭގަނޑުު ވެސް ޖަލްސާ ބާއްވަން ޖެހިދާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާ މި ހިނގާ އޭޕްރިލް މަސް ނިމެންދެން ކުރިއަށް ދާނެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް