ނަމާދަށް އެރި މީހެއްގެ ބޫޓު ވަގަށް ނެގި ދެ މީހަކު ހޯދަނީ

އިސްލާމީ މަރުކަޒަށް ނަމާދަށް އެރި މީހެއްގެ ބޫޓު ވަގަށް ނެގި ދެ މީހަކު ހޯދަން އާންމުންގެ އެހީއަށް ފުލުހުން އެދިލައްވައިފިއެވެ.
އެ މީހުން ބޫޓު ވަގަށް ނަގައިގެން ދާ މަންޒަރު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖެއްގެ ވީޑިއޯ އާންމު ކުރައްވައި ފުލުހުން ވިދާޅުވީ އެ ދެ މީހުންނަކީ މި އަހަރުގެ މާރިޗު މަހުގެ 26 ވަނަ ދުވަހުގެ ވަގުތެއްގައި އިސްލާމީ މަރުކަޒަށް ނަމާދަށް އެރި މީހެއްގެ ބޫޓު ވަގަށް ނަގައިފައިވާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ ދެ މީހުން ކަމަށެވެ.
އެ ދެމީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު <strong>9631696</strong> އަށް ގުޅުއްވައި މި މައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެ މައުލޫމާތެއް ހިއްސާކުރެއްވުމަށް ފުލުހުން އެދިލައްވައިފައިވެއެވެ.
މިމައްސަލައިގެ <strong>އިންސިޓެންޑް ނަންބަރަކީ 482691</strong> އެވެ.
މިސްކިތްތަކުން ފައިވާނާއި ބޫޓުފަދަ ތަކެތި ގެއްލުމަކީ، ވަރަށް ގިނައިން ދިމާވަމުން އަންނަ މައްސަލައެކެވެ. އަދި މިކަމަކީ އެތައް ބަޔަކު އަބަދު ވެސް ކަންބޮޑުވުން ފާޅުކުރަމުން އަންނަ ކަމެއް ވެސް މެއެވެ.
https://youtu.be/35Y0PDwlMkM




.jpeg?prefix=media)


ކޮމެންޓް