Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ހުއްދައާއެކު އިދިކޮޅު ތިން މެމްބަރަކު މާވަށަށް ވަޑައިގެންފި

މަޖިލީހުގެ ހުއްދައާއެކު އިދިކޮޅު ތިން މެމްބަރަކު މާވަށަށް ވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ހުއްދައާއެކު އިދިކޮޅު ޕީޕީއެމް/ޕީއެންސީ ގެ ތިން މެމްބަރަކު ލ. މާވަށަށް ވަޑައިގެންފިއެވެ.

މި ތިން މެމްބަރުން ވެސް މާވަށަށް ވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދާއިރާގެ ރައްޔިތުންގެ ގާތަށް ވަޑައިގަތުމަށާއި ސިޔާސީ ހަރަކާތްތައް ހިންގެވުމަށް ދަތުރު ކުރެއްވުމަށް މަޖިލީހުގެ އިދާރާއިން ދޭ ޚާއްސަ ހުއްދައިގެ ދަށުންނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައި ދެއްވަމުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ އެކަން ހާމާ ކުރައްވާ މެމްބަރުންގެ ނަންތައް ވިދާޅުވެފައެވެ.

Advertisement
HDC — Sidebar (box)

މާވަށަށް ވަޑައިގެންފައިވާ މެމްބަރުންނަކީ އެ ދާއިރާގެ މެންބަރު، ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ސައީދުއާއި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމްއާއި، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފްއެވެ.

އެނގިފައިވާ ގޮތުގައި މި ތިން މެންބަރުން މާވަށަށް ވަޑައިގެންނެވީ ކައުންސިލް އިންތިހާބުގައި މާވަށު ކައުންސިލް ރައީސްގެ ވޯޓް އެއްވަރުވުމުން އެއްވޯޓް ފޮއްޓެއްގެ ވޯޓް އަންނަ ހޮނިހިރު ދުވަހު އަލުން ނަގަން ހަމަޖެހިފައި އޮތުމުންނެވެ

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު މިހާރު ބައްޓަން ކުރެވިފައި އޮންނަ ގޮތުން، އިންތިޚާބުތަކުގެ ކެމްޕޭނަށާއި ދާއިރާގެ ރައްޔިތުންނާއި ބައްދަލު ކުރުމަށާއި އެހެނިހެން ސިޔާސީ ހަރަކާތްތައް ވެސް ހިންގެވުމަށް ދަތުރު ކުރުމަށް މަޖިލީހުގެ އިދާރާއިން ހުއްދަ ދޫކުރާނެއެވެ. މި ހުއްދަ ދޫކުރަނީ އެދަތުރުތައް ކުރުމަށް މަޖިލީހުގެ މެންބަރުން ސަލާން ވިދާޅުވާން ނުޖެހޭ ގޮތަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް