Thursday, 29 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ދެވަނަ ޑޯޒަށް ޝަރުތު ހަމަވާ 20،000 މީހުން ވެކްސިން ނުޖަހައި އެބަ ތިބި: ޑރ. ޝާހު

ދެވަނަ ޑޯޒަށް ޝަރުތު ހަމަވާ 20،000 މީހުން ވެކްސިން ނުޖަހައި އެބަ ތިބި: ޑރ. ޝާހު

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެވަނަ ޑޯޒަށް ޝަރުތު ހަމަވާ 20،000 މީހުން ވެކްސިން ނުޖަހައި އެބަ ތިބި ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު، ޑރ.ޝާހް އަބްދުﷲ މާހިރު ވިދާޅުވިއެވެ.

މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޑރ.ޝާހް ވިދާޅުވީ އާބާދީގެ 66% މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައިވާ ކަމަށާއި ދެވަނަ ޑޯޒް 30% އާ ގާތް ކުރާ ވަރަކަށް ޖަހައިފައިވާނެ ކަމަށެވެ. ޑރ.ޝާހް ވިދާޅުވީ ވެކްސިން ޕްރޮގްރާމް މިހާތަނަށް ދަނީ ރަނގަޅަށް ކަމަށާއި ދުނިޔޭގެ ނިސްބަތުން ވެސް ރާއްޖެ އުޅެނީ ވެކްސިން ޕްރޮގްރާމްގައި ވަރަށް ކުރީގައި ކަމަށެވެ. “އެންމެން ވެކްސިން ޖެހީމަ މީގެން ފައިދާ ބޮޑު ވަނީ. މުޅި ޕޮޕިއުލޭޝަންގެ 70% އާ ހަމަޔަށް ދިޔައިމަ އަޅުގަނޑުމެންގެ އިމިއުނިޓީ ލެވެލް މައްޗަށް ދަނީ. އެހެންވީމަ އަޅުގަނޑުމެންގެ އަމާޒަކީ ކުރިޔަށް އޮތް މަސްތަކުގަ ވެކްސިނޭޝަން ޕްރޮގްރާމް އަޅުގަނޑު މި ދެންނެވި 70% އާ ހަމަޔަށް ގެންދިޔުން” ޑރ ވިދާޅުވިއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިހައިތަނަށް ރާއްޖެއިން 92،612 މީހުން ވަނީ ކޮވިޑުން ރައްކާތެރިވުމަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައެވެ. ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި މިހާރު ދެމުން ގެންދަނީ ތިން ވައްތަރެއްގެ ވެކްސިނެކެވެ. އެއީ އިންޑިއާއިން ހަދިޔާކުރި އަސްޓްރާޒެނެކާ ކޮވިޝީލްޑް ވެކްސިނާއި ޗައިނާއިން ހަދިޔާ ކޮށްފައިވާ ސިނޮފާމް ވެކްސިންގެ އިތުރުން ބަޔޮއެންޓެކް ފައިޒާ ވެކްސިނެވެ. މީގެތެރެއިން ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން ނިންމައި މިހާރު ދެނީ ދެވަނަ ޑޯޒެވެ. ސިނޮފާމްގެ މިހާރު ދެނީ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒެވެ. އަދި ފައިޒާ ވެކްސިން ދެނީ ރިސްކް ހައި މީހުން ފަދަ ޚާއްޞަ ފަރާތްތަކަކަށް އެކަންޏެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް